
ޕެނަލްޓީ ޖަހައިގެން ފޭދޫގެ މައްޗަށް ކުރުހޯދާ އޭދަފުށި ފައިނަލަށް
ެއެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ބ.އޭދަފުށި ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލަށް ބ އޭދަފުށި ދަތުރު ކުރީ ޕެނަލްޓީގައި 2-3 ގެ ނަތީޖާއަކުން މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ، ސ.ފޭދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ދ.ކުޑަހުވަދޫގައި ކުޅުނު މި މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމުންކުރެ ޓީމަކަށް ވަނީ ލަނޑެއް ޖެހޭގޮތް ނުވެފައެވެ.
އެހެން ނަމަވެސް ލަނޑު ޖަހާނޭ ރަނގަޅު ގިނަ ފުރުސަތުތަކެއް ދެޓީމަށްވެސް ވަނީ ލިބިގެން ގޮސްފައެވެ.
މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރުވެސް ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ކުޑަހުވަދޫގެ ޕެނަލްޓީތަށް މި މެޗުގައި ކާމިޔާބުކޮށްދިނީ އަޒްމީން އަބްދުލް ސައްތާރު އާއި އަބްދުﷲ އަބޫބަކުރު އަދި އަހުމަދު ހަނީފްއެވެ.
ސ. ފޭދޫ ޓީމުން ޖެހި ޕެނަލްޓީ ތަކުގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވިފައި ވަނީ ދެ ޕެނަލްޓީއެވެ. އެއީ އިބްރާހިމް އިފާން އާއި އަހުމަދު ސައީދު ކާމިޔާބުކޮށްދިން ޕެނަލްޓީއެވެ.
މި ނަތީޖާއިން މޮޅުވެ ފައިނަލަށް ދަތުރުކުރި އޭދަފުށި ފައިނަލް ގައި ބައްދަލުކުރާނީ މާދަމާ ކުޅޭ ސެމީފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ.
މާދަމާގެ މެޗުގައި ބައްދަލުކުރާނީ ކުޑަހުވަދޫ އާއި ތ.ތިމަރަފުށްޓެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 10 ވަނަ ދުވަހުގެރޭ މާލޭގައެވެ.



