ބެންގަލޫރު އެފްސީ ބަލިކޮށް އޭއެފްސީ ކަޕް ޗެމްޕިއަންކަން އިރާގުގެ އެއާފޯސް ހޯދައިފި.

އިންޑިއާގެ ބެންގަލޫރު އެފްސީ ބަލިކޮށް އޭއެފްސީ ޗެމްޕިއަންކަން އިރާގްގެ އެއާފޯސް ކުލަބުން ހޯދައިފި އެވެ.

ފައިނަލްގައި އިންޑިއާގެ ބެންގަލޫރު އެފްސީގެ މައްޗަށް އެއާފޯސް އިން ކުރިޙޯދާފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ގަތަރުގެ ވެރިރަށް ދޯހާގައި ކުޅުނު މި ފައިނަލް މެޗުގައި ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

14937151_956149627863245_2092492996_n_1478369296-800

މެޗުގެ ފުރަތަމަ ހާފުގައި އެއާފޯސްއަށް ލަނޑު ޖަހަން ފުރުސަތު ލިބުނު ނަމަވެސް ފުރަތަމަ ހާފު ނިންމާލަން ޖެހުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

ފަހު ހާފަށް ކުޅެން ނިކުމެ ފުރަތަމަ ހާފާ ޚިލާފަށް އެއާފޯސްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްދފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ މެޗުގެ 70 ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑުޖަހާ މެޗުގެ ލީޑު ނަގާފައެވެ.  މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިރާގްގެ ގައުމީ ޓީމުގެ ފޯވަޑް ހާމިދީ އަހްމަދު އަބްދުﷲ އެވެ.

މި ނަތީޖާއާ އެކު ބެންގަލޫރު އެފްސީ ބަލިވި ނަމަވެސް އެޓީމު ފައިނަލްގައި ކުޅެފައިވަނީ
މިދިޔަ އަހަރުގެ ޗެމްޕިއަން މެލޭޝިއާގެ ޖޯހޯރު އެފްސީ ބަލިކޮށްފައެވެ.

މެޗުން ބަލިވިނަމަވެސް ބެންގަލޫރުގެ ކޯޗް ސްޕެއިންގެ އަލްބަޓް ރޮކާ ވަނީ ޓީމުން ކުރިހިއްވަރަށް ވަރަށް ބޮޑަށް ތައުރީފް ކޮށް ވާހަކަދައްކާފައެވެ.

football-soccer-final-india-bengaluru-force-club_182de5f0-a37b-11e6-93ed-ab826829dd0b

މެޗަށް ފަހު ވާހަކަ ދައްކަމުން ރޮކާ ބުނީ މެޗުން ބަލިވިނަމަވެސް ދެއްކި ކުޅުމަށް ބަލާއިރު ވަރަށް ފުރިހަމަ ކަމަށާއި އެއީވެސް ކާމިޔާބެއް ކަމަށެވެ. ރޮކާ ބުނީ އެއާފޯސްއިން ކުޅެމުން ގެންދިޔައީ ފިޒިކަލް ގޭމެއް ކަމަށާއި އެހެން ކަމުން ބެންގަލޫރު ޓީމަށް ކުޅެން އުނދަގޫތަކެއް ދިމާވިކަމަށެވެ.

މިއީ އާ ފެށުމެއް ކަމަށާއި ކާމިޔާބު ހާސިލު ކުރުމަށް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނެ ކަމަށް ރޮކާ ބުންޏެވެ.

“ ޓީމުގެ ކުޅުމާއި މެދު ހިންހަމަ ޖެހޭ. ކުޅުންތެރިން ވަރަށް ހިއްވަރުކުރި އެހެން ނަމަވެސް އިދިކޮޅު ޓީމުން ކުޅެމުންގެންދިޔައީ ފިޒިކަލް ގޭމެއް ކަމަށް ވުމުން އުނދަގޫތަކެއް ދިމާވި“ ކޯޗު ރޮކާ ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.