ލެސްޓާ ސިޓީ ކީޕަރަށް އަނިޔާވެ ކުޅުމާއި ދުރަށް.

ލެސްޓާ ސިޓީގެ ގޯލްކީޕަރު ކެސްޕަ ޝްމައިކަލް އަށް އަނިޔާވެ ކުޅުމާއި ދުރައް ދާންޖެހިއްޖެއެވެ.

ލެސްޓާސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޓީމުގެ  ގޯލްކީޕަރު ކެސްޕަ ޝްމައިކަލް އަށް އަނިޔާވެ ކުޅުމާއި ދުރައްދާން ޖެހިފައިވާ ކަމަށާއި އޭނާ ކުޅުމާއި ދުރައްދާން ޖެހިފައިމިވަނީ އަތުގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޝްމައިކަލްގެ އަތުގެ ކުޑަހުޅަށް އަނިޔާވެފައިވަނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކޮޕެންހާގެންއާ ދެކޮޅަށް ލެސްޓާ ކުޅުނު މެޗުގަ އެވެ.

އެންމެ ފަހުގެ އިނގިރޭސި ޗެންޕިއަން ލެސްޓާ ގެ ގޯލް ބަލައްޓަމުން އަންނަ ޝްމައިކަލް އަށް އަނިޔާވެ ކުޅުމާއި ދުރައްދާން ޖެހިފައިވާއިރު އޭނާ އަންނަނީ ލެސްޓާގައި މޮޅުކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ  މެޗެއްގައި ވެސް ލެސްޓާގެ ގޯލް ބަލަހައްޓަނީ އޭނާއެވެ. އަދި ލެސްޓާ ކޮޅަށް އެއްވެސް ގޯލެއް ވަދެފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

ލެސްޓާގެ ކީޕަރު ޝްމައިކަލް އަށް އަނިޔާވެ ކުޅުމާއި ދުރައްދާން ޖެހިފައިވާއިރު އޭނާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ވަކި މުއްދަތެއް ހާމަކޮށްފައެއް ނިވެއެވެ.

ޝްމައިކަލް އަށް އަނިޔާވުމުން ދެން ލެސްޓާ ގޯލު ބަލަހައްޓާނީ ދާދިފަހުން ޖަރުމަނުގެ ހެނޯވާ 96 އިން ލެސްޓާއާ ގުޅުނު ޖާމަނީ ކީޕަރު ރޮން ރޮބަޓް ޒީލާ އެވެ.

އުމުރުން 27 އަހަރުގެ ޒީލާ ލެސްޓާއާ ގުޅުނު ފަހުން އޭނާ އެޓީމަށް ކުޅެދީފައިވަނީ އެންމެ މެޗެކެވެ. އެ މެޗުން ލެސްޓާ ވަނީ ބަލިވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.