ވަރުގަދަ ކުރިމަތި ލުމަކަށްފަހު މާޒިއާ ބަލިކޮށް ޔޫވީ ސެމީފައިނަލަށް.

ވަރުގަދަ މާޒިއާ ކަޓުވާލުމަށްފަހު ޔުނައިޓެޑް ވިކްޓްރީ އެފްއޭކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި އެވެ.

ރޭ ކުޅުނު މެޗުން މާޒިޔާގެ މައްޗަށް ޔޫވީ ކުރިހޯދީ ޕެނަލްޓީ ޖަހައިގެން 2-3 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ.

މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިންމާލަން ޖެހުނުނަމަވެސް މި ހާފުގައި  މާޒިޔާ އަށް ގިނަ ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފަ އެވެ.

މެޗުގެ ފަހުހާފަށް ކުޅެންނިކުމެ  މާޒިޔާ އިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ އެޓޭކްތައް ޔޫވީގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. އެހެން ނަމަވެސް ޔޫވީ ކީޕަރު ވަނީ މާޒިޔާގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގެ ކުޅުންވެސް ނިމުގެންދިޔައީ ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވެގެން ނެވެ.

އެހއން ކަމުން ދެން ޖެހުނީ ނަތީޖާ ނެރުމަށް 15  މިނެޓުގެ ދެ ހާފް ކުޅޭށެވެ. .ި ދެހާފުގައި ލަނޑެއް ނުޖެހި އެއްވަރުވުމުން ދެން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި މާޒިޔާ އިން ކާމިޔާބުކުރި ދެ ޕެނަލްޓީ  އަހުމަދު ނާޝިދު އަދި މުހައްމަދު އިރުފާން ކާމިޔާބު ކޮށްދިންއިރު ޔޫވީން ކާމިޔާބުކުރި ތިން ޕެނަލްޓީ ކާމިޔާބުކުރީ  ޑޯރްޖީ، ހުސެއިން ޝިމާޒް އަދި ކީޕަރު މަހޮމޫދު އަލީ ޔޫސުފް އެވެ.

މި ނަތީޖާއާއެކު މޮޅުވެ ޔޫވީ ސެމީއަށް ދަތުރުކޮށްފައިވާއިރު ސެމީގައި ޔޫވީ ބައްދަލުކުރަން ޖެހޭނީ ވެލެންސިއާއާ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.