
ބަޔާން އަދި އެތްލެޓިކޯވެސް ދެވަނަ ބުރަށް
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ބަޔާން މިއުނިކް އަދި އެތްލެޓިކޯ މެޑްރިޑް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ދެވަނަ ބުރަށް ބަޔާން ދަތުރުކުރީ، ޕީއެސްވީ އާއި ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ޕީއެސްވީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ބަޔާންއިންނެވެ. މި ގޯލް މެޗުގެ 14 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަންޓިއާގޯ އަރިއާސްއެވެ.
އެހެން ނަމަވެސް މެޗުގެ 34 ވަނަ މިނެޓްގައި ބަޔާންއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުން ވަނީ ލަނޑުޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ޕެނަލްޓީ ޖަހާ ގޯލްގެތެރެއަށް ވައްދާލީ ރޮބަޓް ލެވެންޑޯސްކީއެވެ.
ބަޔާން އިން މި މެޗުން މޮޅުވި ގޯލް ކާމިޔާބުކުރީ މެޗުގެ 74 ވަނަ މިނެޓްގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ވެސް ޕެނަލްޓީން ލަނޑު ކާމިޔާބުކޮށްދިން ލެވެންޑޯސްކީއެވެ.
އެތްލެޓިކޯ މެޑްރިޑް ދެވަނަ ބުރަށް ދަތުރުކުރީ އެފްސީ ރޮސްޓޯވްގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
އެތްލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 29 ވަނަ މިނެޓްގައި އެންޓޮއިން ގްރިޒްމަން ވަނީ އެޓީމަށް ލަނޑުޖަހާދީ މެޗުގެ ލީޑުނަގާދީފައެވެ. ނަމަވެސް އޭގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސެރްދާ އަޒްމޯން ވަނީ ރޮސްޓޯވްއަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
އެތްލެޓިކޯ އަށް 3 ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ގްރިޒްމަންއެވެ.
ބަޔާން އަދި އެތްލެޓިކޯ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާއިރު ގްރޫޕް ސްޓޭޖުގައި ބަޔާން ދެން ބައްދަލުކުރާނީ ރޮސްޓޯވްއާއެވެ. އެތްލެޓިކޯ ނިކުންނާނީ ޕީއެސްވީ އާއި ދެކޮޅަށެވެ.



