ގައުމީ ފެތުމުގެ މުބާރާތް އަންނަ މަހު 20 ގައި ބާއްވަން ނިންމައިފި.

ސްވިމިން އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ މަކީޓާ ގައުމީ ފެތުމުގެ މުބާރާތް އަންނަ މަހުގެ 20 ވަނަ ދުވަހު ފެށާގޮތައް އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ މި މުބާރާތް ކުރިޔައް ދާނީ އަންނަ މަހުގެ 20 އިން 26ގެ ނިޔަލަށް ކަމަށާއި މި މުބާރާތް މިފަހަރުވެސް އޮންނާނީ މާލޭ ސްވިމިންގ ޓްރެކްގައިކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި އަންނަ މަހުގައި މުބާރާތް ފެށޭއިރު މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފާރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށްވެސް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

އަންހެން އަދި ފިރިހެން އިވެންޓްތައްވެސް ހިމެނޭގޮތައް މިފަހަރު ކުރިޔައްގެންދާ މި މުބާރާތުގައި އިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު އަންނަ ނޮވެމްބަރު މަހުގެ 10 ވާ ބުރާސްފަތި ދުވަހު މެންދުރު ފަހު 2:00ގެ ކުރިން ފޯމް ހުށަހަޅަންޖެހޭނެ ކަމަށް ސްވިމިން އެސޯސިއޭޝަނަށް ހުށަހަޅަންޖެހޭނެކަށް އެ ފަރާތުން މައުލޫމާތު ދެއެވެ..

ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދިންގޮތުން މިފަހަރު ބޭއްވޭ މިމުބާރާތުގައި ޓީމް ކެޓަގަރީ އާއި، އޯޕަން ކެޓަގަރީގައި ވާދަކުރާ އުމުރުފުރާ ކެޓަގަރީތަކުގެ އިތުރުން މާސްޓަރސް އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުޅުވާލައިގެން ބޭއްވޭ ކެޓަގަރީތައް ވެސް ހިމެނޭނެކަމަށާއި އެގޮތުން ހިމެނޭ ކެޓަގަރީތަކަކީ 12 އަހަރުން ދަށާ 14 އަހަރުން ދަށް، 14 އަހަރުން މައްޗާއި މާސްޓަރސް ކެޓަގަރީ އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.