
އަލްހާން ފަހުމީ އެމްޑީޕީން ވަކިކޮށްފި.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެ ޕާޓީން މިއަދު ވަކިކޮށްފިއެވެ.
އަލްހާންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އަލްހާން މިކަން ކަށަވަރުކޮށްދީފައިވަނީ އޭނާ މިއަދު ކުރި ޓްވީޓެއްގައެވެ.

އަލްހާން ކުރި ޓްވީޓުގައި އޭނާ ވިދާޅުވެފައިވަނީ އެމްޑީޕީން ވަކިކުރިކަން އެ ޕާޓީން އޭނާއަށް އަންގާފައިވާ ކަމަށެވެ. އަދި މީގެއިތުރުން އެ ޕާޓީއަށް އަލުން ވަނަސް ތިން އަހަރު ވަންދެން އެމްޑީޕީގެ އެއްވެސް އިންތިހާބެއްގައި ވާދަނުކުރެވޭނެކަން ވެސް އަންގާފައިވާ ކަމަށެވެ.
ތިން އަހަރު ވަންދެން އެމްޑީޕީގެ އެއްވެސް އިންތިހާބެއްގައި ވާދަނުކުރެވޭގޮތައް އެޕާޓީން ނިމާފައިވާއިރު އަލްހާން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަންވެސް އިއުލާންކުރައްވާފައެވެ.
އަލްހާން ވަކިކުރީ އެޕާޓީގެ ގައުމީ މަޖިލީހުގެ 50 މެންބަރު ސޮއިކޮށް އަލްހާން ޕާޓީން ވަކިކުރުމަށް، އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ހުށައެޅި މައްސަލަ ބެލުމަށްފަހުއެވެ.



