އަލްހާން ފަހުމީ އެމްޑީޕީން ވަކިކޮށްފި.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެ ޕާޓީން މިއަދު ވަކިކޮށްފިއެވެ.

އަލްހާންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އަލްހާން މިކަން ކަށަވަރުކޮށްދީފައިވަނީ އޭނާ މިއަދު ކުރި ޓްވީޓެއްގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

alhan

އަލްހާން ކުރި ޓްވީޓުގައި އޭނާ ވިދާޅުވެފައިވަނީ އެމްޑީޕީން ވަކިކުރިކަން އެ ޕާޓީން އޭނާއަށް އަންގާފައިވާ ކަމަށެވެ. އަދި މީގެއިތުރުން އެ ޕާޓީއަށް އަލުން ވަނަސް ތިން އަހަރު ވަންދެން އެމްޑީޕީގެ އެއްވެސް އިންތިހާބެއްގައި ވާދަނުކުރެވޭނެކަން ވެސް އަންގާފައިވާ ކަމަށެވެ.

ތިން އަހަރު ވަންދެން އެމްޑީޕީގެ އެއްވެސް އިންތިހާބެއްގައި ވާދަނުކުރެވޭގޮތައް އެޕާޓީން ނިމާފައިވާއިރު އަލްހާން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަންވެސް އިއުލާންކުރައްވާފައެވެ.

އަލްހާން ވަކިކުރީ އެޕާޓީގެ ގައުމީ މަޖިލީހުގެ 50 މެންބަރު ސޮއިކޮށް އަލްހާން ޕާޓީން ވަކިކުރުމަށް، އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ހުށައެޅި މައްސަލަ ބެލުމަށްފަހުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.