
ޗައިނާގެ އެންމެ އުސް ޢިމާރާތް ތެޅެން ފެށުމާއެކު، އެންމެން ފިލައިފި
ޗައިނާގެ އެންމެ އުސް ޢިމާރާތް، އެސްއީޖީ ޕްލާޒާ ތެޅެން ފެށުމާއެކު، އެންމެން ފިލައިފި އެވެ.
އިމާރާތް ތެޅެން ފެށުމާއެކު އިމާރާތުގައި ތިބި މީހުން މަގުމައްޗަށް ނުކުމެ އެސަރަހައްދާއި ދުރަށް ދުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުން ނެވެ.
ރިޕޯޓުތައް ބުނާގޮތުން 980 ފޫޓްގެ މިއުސް އިމާރާތް ތެޅެން ފެށި ސަބަބު މިހާރުއަންނަނީ ހޯދަމުން ނެވެ.
70 ފަންގިފިލައަށް ހަދާފައިވާ މި ޢިމާރާތް ތެޅެން ފެށި ވަގުތަކީ އެއްވެސް ބިންހެލުމެއްވެސް ރެކޯޑް ކުރެވިފައިވާ ވަގުތެއް ނޫން ކަމަށާއި އިމާރާތުގެ ފާރުގަޔާއި ބޭރުން އެއްވެސް ތަނެއް ހަލާކުވެ، ރެނދެއް ފެންނަންނެތް ކަމަށް ވެސް މި މައްސަލަ ތަހުގީގުކުރަމުންދާ ޓީމާއި ޙަވާލާދީ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.
މީގެ 20 އަހަރުކުރިން ޢިމާރާތް ކޮށްފައި މި ޓަވަރު ބޮޑަށް ބޭނުންކުރެވެނީ އޮފިސްތަކާއި އިލެކްޓްރޯނިކްސް މާކެޓެއްގެ ގޮތުގައެވެ.
މި ޓަވަރު ހުންނަނީ 12 މިލިއަން މީހުން ދިރިއުޅޭ ޗައިނާގެ ދެކުނު ސަރަހައްދުގައިވާ ޝެންޖެންގެ މެދުގައެވެ.
މިއީ ޗައިނާގެ 104 ވަނައަށް އެންމެ އުސް އިމާރާތަށްވުމުގެ އިތުރުން ދުނިޔޭގެ 212 ވަނައަށް އެންމެ އުސް އިމާރާތްވެސް މެއެވެ.
剛剛中午時分,位於深圳華強北,樓高73層的賽格電子大廈突然搖晃,原因不明也沒地震!樓宇內人群和樓下人群紛紛逃命! pic.twitter.com/aoixkH6OeY
— 風再起時 (@dZnJUCdo4FlZqgd) May 18, 2021



