އިންޑިއާގެ ގުޖުރާތަށް އަރަން ފެށި ތޫފާންގައި ބޮޑެތި ގެއްލުންތަކެއް ވަމުން ދަނީ

އިންޑިއާގެ ގުޖުރާތަށް އަރަން ފެށި ތޫފާންގައި ބޮޑެތި ގެއްލުންތަކެއް ވަމުން ދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާގޮތުން އިއްޔެ މެންދުރު އަރަންފެށި މި ތޫފާނުގައި ގަޑިއަކު185 ކިލޯމީޓަރަށް އަންނަނީ ވައި ޖެހެމުން ނެެވެ. އަދި ބޯކޮށް ވާރޭ ވެހި، ގަސްތައް ވެއްޓި، ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ވެސް ކެނޑިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ތޫފާނުގެ އަސަރު މަހާރަޝްތުރާއަށްވެސްކޮށްފައިވާ ކަމަށް ރިޕޯޓުތައް އަންނަނީ ބުނަމުން ނެވެ.

މުމްބާއީ ސިފައިންނާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ މުމްބާއީ ކައިރީ އޮތް ބާޖެއް އަޑިއަށްގޮސްފައިވާ ކަމަށާއި އަޑިއަށް ދިޔަ ބާޖުގައި ތިބި 273 މީހުންގެ ތެރެއިން 96 މީހަކު ގެއްލިފައިވާ ކަމަށެވެ. ބާކީ ތިބި މީހުން މިހާރު ސަލާމަތްކޮށްފައިވާ ކަަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

1998 ގެ ފަހުން ގުޖުރާތަށް އަރާ އެންމެ ބާރުގަދަ ތޫފާނަށް ތޫފާން ތައުތޭ ވާއިރު، އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނެފައިވަނީ އެ ތޫފާނުގެ ބާރު މިހާރުވެސް ދަށްވެ، ދެންވެސް ބާރު ދެރަ ވަމުންދާނެ ކަމަށެވެ.

އެ ތޫފާނަށް ތައްޔާރުވުމުގެ ގޮތުން، ތޫފާން މިސްރާބު ޖަހާފައިވާ ސަރަހައްދުތަކުން ގާތްގަނޑަކަށް ދެ ލައްކަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

އިންޑިއާއަށް ބާރުގަދަ ތޫފާނެއް އަރަމުންދާ މި ދަނޑިވަޅަކީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެގައުމުގެ ސިއްހީ ނިޒާމަށް ބާރުބޮޑުވެފައިވަނިކޮށެވެ. އަދި ބަލީގައި ދުވާލަކަށް 4،000 އަށް ވުރެ ގިނަ މީހުން މަރުވަމުންދާ ދަނޑިވަޅެއްގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.