މިއަދުވެސް އިޒުރޭލުން ފަލަސްތީނުގެ 14 ކުޑަކުދިން ޝަހީދުކޮށްލައިފި

ޣައްޒާއަށް އިސްރާއީލުން ވައިގެ މަގުންނާއި އެއްގަމު މަގުންނާއި ކަނޑުމަގުން ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 14 ކުޑަކުއްޖަކު މިއަދުވެސް ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުން ދެމުންގެ ގެންދާ ހަމަލާތަކުގައި 53 މީހަކު ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 14 ކުޑަކުދިންވެސް ހިމެނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފަލަސްތީނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ކުށެއްނެތް އެތަކެއް ބަޔަކު އަންނަނީ ޝަހީދުވަމުންނެވެ. އިޒުރޭލުން މިއަދު ޢައްޒާއަށް ހަމަލާތައް ދެމުން ދަނީ އެއްވެސްއިންޒާރެއް ދިނުމަކާނުލައެވެ.

އިސްރާއީލުން މިހާތަނަށް ދިން ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު ޖުމްލަ 214 އަށް އަރާފައިވާއިރު، އޭގެތެރޭގައި 58 ކުޑަކުއްޖަކު ހިމެނެއެވެ. މިއަދުގެ ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މި އަދަދާއި އެކު އިޒުރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން ޒަޚަމަވި މީހުންގެ އަދަދުނީ 1500 އިން މައްޗަށް އަރާފައެވެ.

އިސްރާއީލްގެ އަނިޔާވެރިކަން ގައްދުފަހަނަ އަޅައިދާއިރު، މިކަމަށް އެއްވެސް ނިމުމެއް ނުވާނެ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނީ ކުރިއަށް އޮތްތަނުގައި ވެސް ހުރިހާ ބާރަކާއިއެކު ޣައްޒާއަށް ހަމަލާތައް ދެމުންގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.