
ކޮވިޑުގައި ހާލު ސީރިއަސްވި 15 މީހަކަށް އައިސީޔޫ ގައި ފަރުވާދޭން ފަށައިފި
ކޮވިޑުގައި ހާލު ސީރިއަސްވި 15 މީހަކަށް އައިސީޔޫ ގައި ފަރުވާދޭން ފަށައިފި އެވެ.
އެޗްއީއޯސީން ބުނީ މިހާރު ވެސް ކޮވިޑު ޖެހިގެން ހާލު ސީރިއަސް ވެފައިވާ 15 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 268 އަށް އަރާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) 11 ވަނަ ފަންގިފިލާގައި ފަސް މީހަކަށް ދަނީ ފަރުވާ ދެމުން އަންނަ އިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނުވަ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެޗްއީއޯސީން ބުނެފައި ވެއެވެ. އަދި ފަސް މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން ރާއްޖޭގައި ކޮވިޑު-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެޑްމިޓް ކޮށްގެން ފަރުވާ ދޭން މީހުންގެ އަދަދު އިތުރުވެ، މިވަގުތު ވެސް 10 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން 191 މީހަކު އެޑްމިޓް ކޮށްފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. ޑީއެޗް 11 ގައި ހަ މީހަކަށް ޑީއެޗް 17 ގައި 8 މީހަކު އަދި ޑީއެޗް 16 ގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގައި 36 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ
މީގެ އިތުރުން ބަލި މީހުންނަށް އެކަށީގެންވާ ވަރަށް އެދު ނެތުމުގެ ސަބަބުން މިހާރު ކޮވިޑަށް ޕޮޒިޓިވްވާ މީހުން ބައިތިއްބަނީ ގޭގައި ބައިތިއްބައިގެން ފަރުވާ ދެމުންގެންދާ މީހުންގެ ސިއްހީ ކަންކަން މޮނިޓާ ކުރުމަށް އެޗްއީީއޯސީއިން ވަނީ ސިއްހީ އެހީތެރިން ހޯދުމަށް އިއުލާންކޮށްފަ އެވެ.
މިހާރު ރާއްޖޭގައި ކޮވިޑު ޖެހޭ ގިނަ މީހުންގެ ހާލުު ދަނީ ސީރިއަސް ވަމުންނެވެ، އެގޮތުން މިހާރު ކޮވިޑު ޖެހިގެން މިހާރު މަރުވި މީހުންގެ އަދަދު ވަނީ 100 އިން މައްޗަށް އަރައިފަ އެވެ.



