އަނެއްކާވެސް ރާއްޖެއިން ކޮވިޑްގައި އިތުރު މަރެއް، އަދަދު 99 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިރޭ 00:14 ގައި މަރުވެފައިވަނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 99 ވަނަ މީހާ އެވެ. މިރޭ 10:44 ގައިވެސް މީހަކު ނިޔާވެފައި ވެއެވެ. އެއީ 80 އަހަރުގެ ދިވެހި އަންހެނެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަދުގެ މަރުތަކާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 99 އަށް އަރާފަ އެވެ. އަދި މިއީ މި މޭ މަހުގެ 26 މަރެވެ. މި އަހަރުގެ 48 ވަނަ މަރެވެ.

ރާއްޖޭގައި ކޮވިޑް ބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ނުރައްކަލުގެ ތެރެގައެވެ. މިދިޔަ 24 ގަޑިއިރު ޓެސްޓް ކުރެވުނު 2،881 ސާމްޕަލްގެ ތެރެއިން 741 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފަ އެވެ.

މިވަގުތު 262 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ މެޑިކަލް ފެސިލިޓީ ވަނީ ފުރުމާ ދާދި ގާތުގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.