
އިޒްރޭލުން އަނެއްކާވެސް ފަލަސްތީނުގެ އިތުރު 70 މީހަކު ޝަހީދުކޮށްލައިފި
ޣައްޒާއަށް އިސްރާއީލުން ވައިގެ މަގުންނާއި އެއްގަމު މަގުންނާއި ކަނޑުމަގުން ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 70 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުން ދެމުންގެ ގެންދާ ހަމަލާތަކުގައި ޝަހީދުވި 70 މީހުންގެ ތެރޭގައި 10 ކުޑަކުދިންވެސް ހިމެނެއެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ކުށެއްނެތް އެތަކެއް ބަޔަކު އަންނަނީ ޝަހީދުވަމުންނެވެ. އިޒުރޭލުން މިއަދު ޢައްޒާއަށް ހަމަލާތައް ދެމުން ދަނީ އެއްވެސްއިންޒާރެއް ދިނުމަކާނުލައެވެ.
އިސްރާއީލުން މިހާތަނަށް ދިން ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު ޖުމްލަ 192 އަށް އަރާފައިވާއިރު، އޭގެތެރޭގައި 41 ކުޑަކުއްޖަކު ހިމެނެއެވެ. މިއަދުގެ ހަލާތަކުގައި އިތުރު 100 އާ މީހުން ވަނި ޒަޚަމްވެފައެވެ. މި އަދަދާއި އެކު އިޒުރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން ޒަޚަމަވި މީހުންގެ އަދަދުނީ 1400 އަށްއަރާފައެވެ.
އިސްރާއީލްގެ އަނިޔާވެރިކަން ގައްދުފަހަނަ އަޅައިދާއިރު، މިކަމަށް އެއްވެސް ނިމުމެއް ނުވާނެ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނީ ކުރިއަށް އޮތްތަނުގައި ވެސް ހުރިހާ ބާރަކާއިއެކު ޣައްޒާއަށް ހަމަލާތައް ދެމުންގެންދާނެ ކަމަށެވެ.



