
ސޯދުބެ ކޮވިޑަށް ޕޮޒިޓިވްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފި
ޢަބްދުﷲ ޞޯދިޤު (ސޯދުބެ) ސޯދުބެ ކޮވިޑަށް ޕޮޒިޓިވްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސޯދުބެ ވަނީ ކޮވިޑް19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަކޮށްފަ އެވެ.
ދިވެހި ބަހާއި ތާރީޚަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ސޯދުބެއަށް ވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބުވެސް އަރުވާފަ އެވެ.
1944 ވަނަ އަހަރު، ސޯދުބެ މާލެއަށް ވަޑައިގެންނެވީ ކިޔަވާ ވިދާޅުވާށެވެ.
ކުރު ވާހަކަތަކާއި ދިގުވާހަކަތަކާއި ގިނަ އަދަދެއްގެ ޅެންތަކެއް ލިއުއްވާފައިވާ ސޯދުބެ އަކީ މަޖާޒީ ވާހަކަ ދެއްކެވުމުގައި ވެސް އަދި އަދަބީ ބަހުސްތަލުގައިވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ.
ސޯދުބެ އަށް 1980 އަދި 1983 ގައި އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު، އަދި 1992 ގައި ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމާއި 1998 ގައި ދިވެހި ބަހަށް ޚިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ވަނީ ލިބިވަޑައިގެންފަ އެވެ. އަދި މިނިވަން 25 ގެ އާންމު ޚިދުމަތުގެ އިނާމު ސޯދުބެއަށް ލިބިވަޑައުގެންފައި ވެއެވެ.




ސޯދުބެ އަށް އަވަސް ޝިފާ އަކަށް އެދެން.