މިއަހަރުގެ ޒަކާތު ފައިސާގެ ގޮތުގައި ބޮލަކަށް 4200 ރުފިޔާ

މިއަހަރުގެ ޒަކާތު ފައިސާގެ ގޮތުގައި ބޮލަކަށް 4200 ރުފިޔާ ބެހުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ މާލޭސިޓީގެ ފަގީރުންނާ މިސްކީނުންގެ ދަފްތަރުގައި 1،498 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިސްލާމިކް މިނިސްޓްރީން ބުނީ 1،498 މީހުންގެ ތެރެއިން 1،494 މީހުންނަށް ޒަކާތުގެ ފައިސާ ހަވާލުކުރެވިފައިވާ ކަމަށާއި ރަމަޟާން މަހުގެ 28 ވަނަ ދުވަހާ ހަމައަށް އެކައުންޓްގެ މައުލޫމާތު ދީފައިވާ 1472 ފަރާތަކަށް ފިތުރު ޒަކާތުގެ ފައިސާ ޖަމާކޮށްފައިވާނީ އެފަރާތްތަކުގެ އެކައުންޓަށް ކަމަށެވެ.

ރަމަޟާންމަހުގެ 30 ވަނަ ދުވަހާ ހަމައަށް އެކައުންޓްގެ ތަފްސީލު ލިބިފައިނުވާ 22 ފަރާތަކަށް ފައިސާ ދެވޭނެ އިންތިޒާމް ހަމަޖައްސާ ފައިސާ ދޫކޮށްފައިވާނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު 6،746،896.00 ގެ ތެރެއިން 472،096.00 ރުފިޔާ ވަނީ ފިޔަވަތި، އަމާންވެށި، ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަވާލުކޮށްފައެވެ. ފިތުރު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ ބާކީ 6،274،800.00 ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ފިތުރު ޒަކާތުގެ ފައިސާއަކީ އެ ރަށަކަށް ލިބޭ ފައިސާ އެ ރަށެއްގައި ދިރިއުޅޭ ފަގީރުންނާ މިސްކީނުންނަށް އީދު ނަމާދުގެ ކުރިން ބަހައި ހުސްކުރަންޖެހޭ ފައިސާ އެއް ކަމަށެވެ. އަދި އެ ރަށަކުން ލިބުނު ފައިސާ އެ ރަށެއްގައި ރަޖިސްޓްރީވެފައިވާ ފަގީރުންނާ މިސްކީނުންނަށް ބަހާއިރު މާލެ އަދި އަތޮޅުތެރޭގައި ބޮލަކަށް ޖެހޭ މިންވަރު ތަފާތުވާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލޭ ސިޓީއިން މިއަހަރު ރަމަޟާން މަހުގެ 1 ވަނަ ދުވަހުން 30 ވަނަ ދުވަހާ ހަމައަށް ފިތުރު ޒަކާތުގެ ގޮތުގައި 164،392 މީހުން ޒަކާތްދައްކާފައިވާ ކަމަށެވެ. އަދި ފިތުރު ޒަކާތުގެ ގޮތުގައި 6،746،896.00 ރުފިޔާ ލިބިފައިވާ އިރު، މިފައިސާ އީދު ނަމާދުގެ ކުރިން ބަހާފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.