މި ސީޒަނަށް ފަހު ޒިދާން ރެއާލްގެ ކޯޗުކަމުން ވަކިވަނީ

ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗުކަމުގައި މިވަގުތު ހުރި ރެއާލް މެޑްރިޑްގެ އެންމެ ކާމިޔާބު ކޯޗުގެ ގޮތުގައި ފާހަގަކުރެވިފައިވާ ޒައިނުއްދީން ޒިދާން އެ ކުލަބުގެ ކޯޗުކަމުން، މިސީޒަނަށް ފަހު ވަކިވާން ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ރެއާލް މެޑްރިޑާއި އެކު މިހާރު ޒިދާން ހަދާފައިވާ ކޮންޓުރެކްޓް 2022 ވަނަ އަހަރާ ހަމައަށް އޮތް ނަމަވެސް، ކޮންޓުރެކްޓް އުވާލުމަށް ޒިދާން ނިންމާފައިވާ ކަމަށް ރިޕޯޓުގައިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރިޕޯޓުތަކުން ބުނާގޮތުގައި ޒިދާން ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިވަނީ އެހެން ކްލަބަކުން ހުށަހެޅުމެއް ލިބިގެނެއް ނޫނެވެ.

މި ވަގުތު ޔޫރަޕްގައި ހުރި އެންމެ މޮޅު އެއް ކޯޗު ކަމަށްވާ ޒައިނުއްދީން ޒިދާން ރެއާލްގެ ކޯޗުކަމާއި އެންމެ ފުރަތަމ ހަވާލުވީ 2016 ވަނަ އަހަރުގައެވެ. އެގޮތުން 2018 ވަނަ އަހަރާއި ހަމައަށް ރެއާލްގެ ކޯޗުގެ މަގާމު ފުރިއިރު އޭނާ ވަނީ ރެއާލް އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭގެ ފަހުން އެއް ސީޒަނުގެ މެދު ކެނޑުމަކަށް ފަހު ދެވަނަ ފަހަރަށް ރެއާލްގެ ކޯޗުކަމާއި ޒިދާން ހަވާލުވި 2019 ވަނަ އަހަރުގައެވެ.

2016 ވަނައަރުން 2018 ވަނަ އަހަރާއި ހަމައަށް ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑް ވަނީ ދެ ފަހަރު ސްޕެއިން ލީގު ކާމިޔާބުކުރުމުގެ އިތުރުން ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގުގެ ތަށިވެސް ކާމިޔާބުކޮށްފައެވެ. މީގެ އިތުުން ޔޫއެފާ ސުޕަ ކަޕް، ފީފާ ކްލަބް ވޯލްޑް ކަޕް ސްޕެނިޝް ސުޕަކަޕެއްވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް ސީޒަނެއް މެދު ކެނޑުމަކަށް ފަހު ހަވާލުވެ 2019-2020 ސީޒަންގެ ލީގުގެ ޗެމްޕިއަކަން ވެސް ވަނީ ކުލަބަކަށް ހޯދައިދީފައެވެ.

މިފަހަރުގެ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ރެއަލް މެޑްރިޑް ދަތުރުކުރި ނަމަވެސް ޗެލްސީއަތުން ބަލިވެގެން އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ. ނަމަވެސް ސަޕްެނިޝް ލީގު ލިބުމުގެ ފުރުސަތު އަދި ރެއާލްއަށް އެބައޮތެވެ. އެޓީމު މިވަގުތު އޮތީ 74 ޕޮއިންޓާއި އެކު ތާވަލްގެ ދެވަނާގައެވެ.

ރިޕޯޓުތައް ބުނާގޮތުން ޒިދާން ރެއާލް ދޫކޮސްލަން ނިންމާފައިވަނީ އެކުލަބުގައި މިވަގުތު ކާމިޔާބަކާއި ހަމައަށް ދެވޭނެ ފެންވަރުގެ ކުޅުންތެރިން ނެތުމުން ކަމަށެވެ. އަދި މިއީ އޭނާއަށް ފެންނަ އެންމެ ރަނގަޅު ގޮތް ކަމަށްވެސް ޒިދާން ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ޒިދާން އަށް އިޓަލީ ލީގުގެ ބޮޑެތި ބައެއް ކްލަބުތަކުން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނަމުން އަންނައިރު، ޒިދާން ދިއުން އެންމެ ގާތީ އިޓަލީގެ ޔުވެންޓަސްއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.