
ޕޮގްބާގެ ދެ ގޯލުން ޔުނައިޓެޑް މޮޅުވެ ގުރޫޕުގެ އެއްވަނައަށް
ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ޕޯލް ޕޮގްބާގެ ދެ ގޯލުން 1-4 ގެ ނަތީޖާއަކުން ތުރުކީގެ ފެނަބާޗޭގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ އެގާރާގައި އިބުރަހިމަވިޗް ހިމެނިފައި ނުވާއިރު ރޫނީ ވަނީ ރޭގެ މެޗުގައި ފުލްކޮށް ކުޅެފައެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި
ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު އެ މެޗުގެ ފުރަތަމަ ގޯލް ޖަހާ ލީޑުނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ، މެޗުގެ 31 ވަނަ މިނެޓްގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ ޕޯލް ޕޮގްބާއެވެ.
ޔުނައިޓެޑުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދިނީ އެޓީމަށް ލިބުނު ދެވަނަ ޕެނަލްޓީން އެންތޮނީ މާޝިއަލް އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެކުރިން ޕޮގްބާ ވަނީ ޔުނައިޓެޑުގެ ތިންވަން ލަނޑު ކާނިޔާބުކޮށްދީ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދީފައެވެ.
ތިން ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ޔުނައިޓެޑުން ނިންމާލިއިރު އެޓީމުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފްގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ލިންގާޑްއެވެ. ފެނަބާޗޭގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ކުރިން ޔުނައިޓެޑަށް ކުޅުނު ރޮބިން ވެންޕާސީއެވެ.
ރޭގެ މި މޮޅާއެކީ ޔުނައިޓެޑް އޮތީ ހަ ޕޮއިންޓާއެކީ ގްރޫޕް އޭގެ އެއްވަނައިގައެވެ. ގްރޫޕްގެ ދެވަނައިގައި އޮތް، ފޭނޫޑްއަށް ވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ރޭގެ މެޗުން ބަލިވި ފެނަބާޗޭ ވަނީ ރޭގެ މެޗުން ބަލިވުމުން މި ގްރޫޕްގެ ތިންވަނައަށް ވެއްޓިފައެވެ.
ތިން ޕޮއިންޓާއެކީ ފެނަބާޗޭ ގުރޫޕުގެ ތިންވަނާގައި އޮތްއިރު ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާއެކީ އޮތީ، ޒޯރްޔާއެވެ.



