
ރާއްޖޭގައި މިހާރު އޮތީ ސަތޭކަ ޕަސެންޓު އޮންލައިން ނޫސްވެރިކަމެއް: މިނިސްޓްރީ
ރާއްޖޭގައި މިހާރު އޮތީ ސަތޭކަ ޕަސެންޓު އޮންލައިން ނޫސްވެރިކަމެއް ރާއްޖޭގައި މިހާރު އޮތީ ސަތޭކަ ޕަސެންޓު އޮންލައިން ނޫސްވެރިކަމެއް ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގައި ނޫސްވެރިކަން ކުރަން ފެށިތާ 77 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މަސައްކަތަށް އެއްބާރުލުން ދިނުމަށްޓަކައި އެ މިނިސްޓްރީން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މިދިޔަ 77 އަހަރުގައި ރާއްޖޭގެ ނޫސްވެރިކަން ގިނަ ހަރުފަތްތަކެއް ގިރާކޮށް، ބޮޑެތި ކާމިޔާބީތަކެއްވެސް ވަނީ ހޯދާފައިވާ ކަމަށެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ނޫސް ”ސަރުކާރުގެ ޚަބަރު“ ޖޫން 5، 1943 ގައި ޝާއިޢުކޮށްފައުވާ އިރު، މިހާރު އާންމުކޮށް ބޭނުންކުރަމުން އަންނަ ގޮތަށް އޮންލައިންކޮށް ޚަބަރު ފަތުރަން ފަށާފައިވަނީ 1995 ގައެވެ.



