
ޚާއްޞަ ދަރުސް: ލޮބުވެތި ނަބިއްޔާ…
ޢަދާލަތުޕާޓީގެ ފަރާތުން އިންތިޒާމުކުރާ ވަރަށް ޚާއްޞަ ދަރުސެއް މިރޭ (25 އޮކްޓޫބަރ 2019 ވާ ހުކުރުދުވަހު) އޮންނާނެއެވެ.

އަލިމަސް ކާނިވަލުގައި ބާއްވާ މިދަރުސް ފެށޭނެ ގަޑިއަކީ (މިރޭ) 8:30 ކަމިގައި އެޕާޓީގެ ފޭސްބުކް ޕޭޖުގައި ވެއެވެ.
”ލޮބުވެތި ނަބިއްޔާ“ގެ ނަމުގައި ބާއްވާ މިދަރުސްގައި ތަޤުރީރު ކިރައްވާނީ ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން އެވެ.

މިދުވަސްވަރު ދިވެހިރާއްޖޭގައި ނަބިއްޔާ صلي الله عليه وسلم ގެ މާތްކަމާ މަތިވެރިކަމާާ ގުޅޭގޮތުން މައުލޫމާތުދީ މީސްތަކުން ހޭލުންތެރިކުރުން މިވަނީ އިތުރު ވެފައެވެ.



