
ކުޅިވަރުގެތެރެއިން އީމާންކަމަށް ކުރި ހަނގުރާމަ.
އެންމެ 19 އަހަރުގެ ޒުވާން ބަޝީރު އޭނާގެ ބޮކްސިން ކްލާސްތަށް ފެށީ އެމެރިކާގެ ޑެޓްރޮއިޓްގައިހުންނަ ސުޕަރބޭޑް ބޮކްސިންގ ޖިމްގައެވެ. އޭނާއަށް ދުވަސްކޮޅެއްފަހުން އިހުސާސް ކުރެވެންފެށީ އޭނާ ބޮކްސިންގ ތެޅުމުގެ ބަދަލުގައި އޭނާގެ އީމާންތެރިކަމުގެ ދިފާއުގައި ހަނގުުުުުުުުުުރާމަ ކުުުުުުުުުުުުުުރާކަމުގައެވެ.
”މިދިޔަ އަހަރު އޭޕްރީލްމަހުން ފެށިގެން އަހަރެން މި އަންނަނީ ތުނބުޅީީީީގެ މައްސަލައިގައި ޔޫ.އެސް.އޭ ބޮކްސިނާ ދެކޮޅަށް ހަނގުރާމަ ކުރަމުން., މިހުރިހާކަމެއް ފެށިގެން އައީ, އަހަރެން ޑިޓްރޯން ގޯލްޑަން މުބާރާތައް ފަރިތަކުރުންތައް ފެއްޓިފަަަަަަހުން.“ ބަޝީރު ”އަބައުޓް އިސްލާމް“ އައް ފޮނުވި އީމެއިލް އެއްގައި ލިޔެފައިވެއެވެ.
ބަޝީރު ބުނިގޮތުގައި އޭނާއަށް އެމުބާރާތުން ޖާގަނުދިނުމަށް ޔޫ.އެސް.އޭ. ބޮކްސިނުން ނިންމީ އޭނާ ތުނބުޅި ބަހައްޓާފައި ހުންނާތީއެވެ.
ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަނާާާާާާއެކު ބަޝީރު ދެން މަސައްކަތްފެށީ މިކަމަށް ހައްލެއް ހޯދުމަށެވެ. އެގޮތުން ދީނީ މިނިވަންކަމުގެ ޙައްޤުގެ ތެރެއިން އޭނާއަށް ތުނބުޅި ބެހެއްޓެން ވާނެކަމަށް ބުނެ ބަޝީރު މައްސަލައެއް ހުށައެޅިއެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޔޫ.އެސް..އޭ. ބޮކްސިނުުުުން އެކަން ބަލައިނުގަންނާނެކަން އެންގިއެވެ.
ބަޝީރުގެ ހިތްވަރަށް ކުޑަވެސް ބަދަލެއް ނުގެނެސް ދީނީ ޢިލްމުވެރިންނާއެކު ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ މިއަހަރުގެ ކުރީކޮޅު ގޯލްޑަން ގްލޯވްސް މުބާރާާާާތް އިޢުލާނުކުރިއިރު މުސްލިމް ބޮކްސަރުންނަށް އެއްވެސް ޝަރުތެއްނެތި ބައިވެރިވެވޭގޮތް ވުމެވެެ.
ބަޝީރު ބުނިގޮތުގައި މިކަމުގައި އޭނާގެ މަޤްޞަދަކަށްވީ އިސްލާމްދީނުގެ ޙައްޤުގައި މަސައްކަތް ކުރުންކަމަށާއި, މަޝްހޫރުކަން ހޯދުން ނޫން ކަމަށެވެ
ބަޝީރުގެ އުންމީދަކީ 2020ގައި ޕްރޮފެޝަނަލް ބޮކްސިނަށް ނިކުތުމެވެ. އަދި ބޮކްސިންގެ ދާއިރާއިން މަލްޓި-ވޯލްޑް ޗެމްޕިއަނަކަށް ވުމެވެ.
ގިނަދާއިރާތަކުން މުސްލިމުން ކުރިއަރާދިއުމަކީ މުސްލިމުންނަށް ލިބޭ އުފަލެކެވެ.