
އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުކުރު ޚުޠުބާ ކިޔައިދެނީ
އަޑު އިވުމުން މަޙްރޫމް ވެފައިވާ ކުދިންނަށް ހުކުރު ޚުތުބާ ކިޔާވަގުތު ޚުތުބާގައި ކިޔާތަކެތި އެނގޭނެ ގޮތް ހެދުމުގެ ގޮތުން ސައިން ލޭންގުއޭޖް ބޭނުން ކޮށްގެން ޚުތުބާ ކިޔައިދިނުން 27 ސެޕްޓެމްބަރ 2019 ވާ ހުކުރު ދުވަހުން ފެށިގެން އިސްލާމީ މަރުކަޒު ގެ ތިންވަނަ ބުރީގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އެފަދަ ކުދިންނަށް ތިންވަނަ ފަންގިފިލާގައި ތިބެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ. ޚުތުބާ ކިޔަމުންދާ ވަގުތު ޓީވީއެމް އިންވެސް ސައިންލޭންގުއޭޖުން ޚުތުބާ ކިޔާދޭ މަންޒަރު ފެންނާނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
މިނިސްޓޤރީ އޮފް އިސްލާޟިކް އެފެއާޒުން ހާޟަކުރި ގޮތުގައި މނިކަމުގެ ސަބަބުން އަޑު އިވުމުން މަޙްރޫމުވެފައިވަ ފަރާތް ތަކަށް އިސްލާދީނުގެ މަޢުލޫމާތު އިތުރަށް އެނގި ގެންދާނެއެވެ.



