ޝެލްޓަރ މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ“ އެކުލަވައިލައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ތިބޭ މަރުކަޒުތައް ހިންގުމަށް ޓަކައި ލަފާއާއި މަޝްވަރާ ދޭ ޚާއްޞަ ކޮމިޓީއެއް ”ޝެލްޓަރ މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ“ގެ ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މިއަދު އެކުލަވައިލައިފިއެވެ.
ކަމާ ގުޅުން ހުރި ދާއިރާތަކުގެ 13 މެންބަރެއްގެ މައްޗަށް އެކުލެވިގެންވާ މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހުރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ކުޑަކުދިންގެ ހިޔާ – ސީ.އީ.އޯ، ފިޔަވަތި – ސީ.އީ.އޯ، ޔުނިސެފް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް، މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ޕޮލިޓެކްނިކް، ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާއެއް، ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އެމްބެސެޑަރ އަދި އޮންޓަރޕްރިނިއަރއެކެވެ.
3 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލެވުނު މި ކޮމިޓީގެ ބައްދަލުވުމެއް ކޮންމެ މަހަކު މަދުވެގެން އެއް ފަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުއްލި ޙާއްލަތެއް ދިމާވެއްޖެ ނަމަ ކުއްލި ބައްދަލުވުމެއް ބޭއްވުމެއް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ކޮންމެ 3 މަހަކުން އެއް ފަހަރު މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
Image01 1
ޝެލްޓަރ މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ތިބޭ މަރުކަޒުތައް ކަމުގައިވާ ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާގެ ހިންގުން ހަރުދަނާކުރުމާއި އެ ތަންތަނަށް ކުރިމަތިވާ އެކި ބާވަތުގެ މައްސަލަތައް ޙައްލުކުރުމުގެ އިތުރުން ކުޑަކުދިންނާ ގުޅޭ އެކިއެކި ކަންކަމާ ގުޅޭ ގޮތުން ލަފާދިނުން ހިމެނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.