މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ޚާއްޞަ ހޮލިޑޭ ޕްރޮގްރާމްތަކެއް ހިންގައިފި

ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ޚާއްޞަ ހޮލިޑޭ ޕްރޮގްރާމްތަކެއް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހިންގައިފިއެވެ. މި ޕްރޮގްރާމްތައް ހިންގިފައި ވަނީ ކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތުން ޝައުޤުވެރިކަން ހުންނަ އެކި ދާއިރާތަކުން ކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށެވެ.

ފިޔަވަތިގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރޭގައި ކިޑްސް ބޭކިންގ ޕްރޮގްރާމަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ހިންގުނު ”ޕޮލިސް ކޭމްޕު“ ފާހަގަކޮށްލެވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކުޑަކުދިންގެ ހިޔާގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރޭގައި ބާބެކިއުއަކާއި، ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމާއެކު ހިންގުނު މުނިފޫހިފިލުވުމުގެ ހަރަކާތަކާއި، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު ކ.ހުރާގައި އިންތިޒާމުކުރެވުނު ފިކްނިކާއި، ތާޖް އެކްޒޮކްޓިކާ ރިސޯޓް އެންޑް ސްޕާއާ ގުޅިގެން އިންތިޒާމުކުރެވުނު ރިސޯޓް ޓުއަރ ހިމެނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމުލަ 149 ކުދިން ދިރިއުޅެމުންދާ އިރު، މި ކުދިންގެ ތެރެއިން 12 އަހަރުން ދަށުގެ 106 ކުދިން ދިރިއުޅެމުންދަނީ ފިޔަވަތިގައެވެ. އަދި 12 އަހަރުން މަތީގެ 43 ކުދިން ދިރިއުޅެމުންދަނީ ކުޑަކުދިންގެ ހިޔާގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.