އައިސީއައިއޭ މަހާސިންތާ ފަށައިފި

ިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ (އައި.ސީ.އައި.އޭ) ގެ މި އަހަރުގެ މަހާސިންތާ މިއަދު ފަށައިފިއެވެ.

މި އަހަރުގެ މަހާސިންތާގެ މައިގަނޑު ތީމް އަކީ ”ޢިލްމު ޙިއްޞާކޮށް ޢިލްމު އުނގެނުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުން“ މިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އައި.ސީ.އައި.އޭ 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އާއި މިނިސްޓަރ އޮތް އެންވާރަމެންޓް  ޑރ.ޙުސައިން ރަޝީރު ޙަސަން ބައިވެވަޑައިގެންފައިވެއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ މި މަހާސިންތާގައި ޖުމްލަ 50 ދިރާސާ ކަރުދާސް އަދި 5 ޕޯސްޓަރު ހުށަހަޅާއިރު އޭގެ ތެރޭގައި ސައުތުއޭޝިޔާގެ އެކި އެކި ޤައުމުތަކުގެ ބޭފުޅުން ހުށަހަޅުއްވާ 35 ކަރުދާހަކާއި ރާއްޖޭގެ ބޭފުޅުން ހުށަހަޅުއްވާ 15 ކަރުދާހެއް ހިމެނެއެވެ.

މި އަހަރުގެ މަހާސިންތާގައި ކަރުދާސް ހުށަހެޅިގެންދާނެ ދާއިރާތަކުގެތެރޭގައި ސައިކޮލޮޖީ، މެންޓަލް ހެލްތް، ކަރްކިއުލަމް، އިސްލާމިކް ސިވިލައިޒޭޝަން، ފައިނޭންސް، ޤްރުޢާނިކް ސައިންސް، ޝަރީޢާ އެންޑް ލޯ، ޕޮލިޓިކްސް އެންޑް ޑިޕްލޮމަސީ، ޑިޖިޓަލައިޒޭޝަން އަދި ލެންގްވިއެޖް އެންޑް ލިޓްރޭޗަރ ހިމެނެއެވެ.

2016 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކޮންމެ އަހަރަކު ބާއްވަމުންދާ މި މަހާސިންތާގައި މި އަހަރު ކަރުދާސް ހުށަހަޅާ ފަރާތްތަކާއިއެކު ޖުމްލަ 300 އަށް ވުރެއްގިނަ މީހުން ބައިވެރިވެއެވެ.  އަދި ބައިވެރިންގެ ތެރޭގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޕޯސްޓްގްރެޖުއޭޓް ލެވަލް އަށް ކިޔަވާ ދަރިވަރުން އަދި އެހެނިހެން ޔުނިވަރސިޓީ/ކޮލެޖްތަކުގެ ދަރިވަރުން ހިމެނެއެވެ.

މިއަހަރުގެ ކޮންފަރެންސްގެ ގޯލްޑް ސްޕޮންސަރ އަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އެވެ. މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކާއި އަމާނާ ތަކަފުލްއިންވެސް ވަނީ މި ކޮންފަރެންސަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.