އަންހެނުންނާ ގުޅުން ހުރި ޤާނޫނުތައް ތަންފީޛުކުރާ މިންވަރު ބެއްލެވުމަށްޓަކައި މިނިސްޓަރ ޝިދާތާ މުއައްސަސާތަކަށް ޒިޔާރަތްކުރައްވަން ފައްޓަވައިފި

ޤާނޫނުތަކުން އަންހެނުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ތަންފީޛުކުރާ މިންވަރު ބެއްލެވުމަށްޓަކައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟީލާ ޝިދާތާ ޝަރީފް ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް މިއަދު ޒިޔާރަތްކުރައްވަން ފައްޓަވައިފިއެވެ.
އެ ގޮތުން އެ ކަމަނާ ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ މެނޭޖްމަންޓާއި އަންހެން މުވައްޒަފުންނާ ބައްދަލުކުރައްވައި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ތަންފީޛުކުރާ މިންވަރު އޮޅުން ފިލުއްވައިފައެވެ.

DSC 9794
މި ޒިޔާރަތުގައި މިނިސްޓަރ ޝިދާތާ ވަނީ ވަޒީފާގެ މާޙައުލުގައި އަންހެނުންނާ މެދު ކުރެވޭ ތަފާތުކުރުންތަކާއި ނިންމުން ނިންމާ ފެންވަރުގެ މަޤާމުތަކަށް އަންހެނުން ދިޔުމުގައި ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުއްވައިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން، ރާއްޖޭގެ އާބާދީގައި އަންހެނުންގެ ނިސްބަތަކީ ގާތްގަނޑަކަށް ފިރިހެނުންނާ އެއް ހަމައެއްކަން ފާހަގަކުރައްވައި، ތަޢުލީމު ހާސިލުކުރާ އަންހެން ކުދިންގެ ނިސްބަތް ފިރިހެން ކުދިންނަށް ވުރެ އިތުރު ކަމުގައި ވިޔަސް، މި ކަންކަން ވަޒީފާގެ މާޙައުލުގައި ނުފެންނަ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި މި ބާވަތުގެ ތަފާތުތައް ޙައްލުކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ޖެހޭ ނަމަ، އެ ކަމަށް ވެސް ގަދަ އަޅައި މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

DSC 9667
މިނިސްޓަރ ޝިދާތާ ވަނީ އޮފީހުގެ މަޙައުލުގައްޔާއި ގޭތެރޭގެ މާޙައުލުގައި ކުރެވޭ މިންތީގެ ތަފާތުކުރުންތަކާ ދެކޮޅަށް ތެދުވުމަށް އަންހެން މުވައްޒަފުންނަށް އިލްތިމާސްކުރައްވައިފައެވެ. އަދި މި ފަދަ ތަފާތުކުރުންތައް ނައްތައިލެވޭނީ، އަންހެނުން އެ ކަމަށް ނުކުމެގެން ކަން ވެސް މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ.

މި ތަން ތަނުގެ އިތުރުން، މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލާ ފާޠިމަތު ޔުމްނާ ވަނީ މޯލްޑިވްސް އިމިގްރޭޝަނާއި އޮޑިޓަރ ޖެނެރަލްސްގެ އޮފީހަށް ޒިޔާރަތްކުރައްވައިފައެވެ.
ޤާނޫނުތަކުން އަންހެނުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ތަންފީޛުކުރާ މިންވަރު ބެއްލެވުމަށްޓަކައި ދައުލަތުގެ އިތުރު މުއައްސަސާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް މިނިސްޓަރ ޝިދާތާ ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.