ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯހެއް ހިންގަނީ…

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ފަތަން ދަސްކޮށްދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ ކޯހެއް  ބޭއްވުމަށް ނިންމައިފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ އަންނަ ފެބްރުއަރީ މަހުގެ 2 ން 28ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޯސް ހިންގާނީ މާލޭގައި ކަމަށެވެ. އަދި ކޯހުގައި ކިޔަވައިދިނުމުގެ ވަގުތުތައް ހަމަޖައްސާނީ ކޯހުގެ ބައިވެރިންނާއި ވާހަކަދެއްކުމަށްފަހުގައި ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ކޯހުގައި ބައިވެރިވާން ބޭނުންނާ މީހުންގެ ޝަރުޠުތަކުގެ ތެރޭގައި ދިވެހިރައްޔިތަކަށްވުމާއި ޝަރުޢީ ބަންދެއްގައި ހުރިމީހަކު ކަމުގައި ނުވުމާއި ފަތަންދަސްކޮށްދިނުމުގެ މަސައްކަތްކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން ހިމެނެއެވެ.

މީގެ އިތުރުން މީހެއްގެ އެހީއަކާނުލައި ހުއްޓުމެއްނެތި 400 މީޓަރަށް ފަތަންއެނގޭ މީހަކަށްވުމާއި ޢުމުރުން 18 އަހަރާ 45 އަހަރާދެމެދުގެ މީހަކަށްވުމާއި ދިވެހި އަދި އިނގިރޭސިބަހުން ލިޔަންކިޔަން އެނގޭ މީހަކަށްވުންވެސް ހިމެނެއެވެ.

ސްވިމިންގ އެސޯސިއޭޝަނުން ބުނީ މިކޯސް ފުރިހަމަކުރުމަށްފަހު ސެޓްފިކެޓް ދޭނީ އެ އެސޯސިއޭޝަނުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ކޯހުގެ ޢަމަލީބައި ފުރިހަމަކޮށް، ހާޟިރީން 95 އިންސައްތައަށްވުރެ މަތިން ހޯދައި، ތިއަރީ އާއި ޕްރެކްޓިކަލް ޓެސްޓްތަކުން 75 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ މީހުންނަށް ކަމަށެވެ.

މިކޯހުގައި ބައިވާން އެދޭ މިކަމަށް ޝައުޤުވެރިވާ މީހުން ކޯހުގައި ބައިވެރިވުމުގެ އޮންލައިން ފޯމުފުރިހަމަކޮށް 2019 ޖެނުއަރީ 30 ވަނަދުވަހު 14:00 ގެކުރިން ހުށަހަޅަންޖެހޭ އިރު، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދުނޫން ދުވަސްދުވަހު ހެނދުނު 08:00 ން މެންދުރު 14:00 ށް 3323429 އަށް ގުޅުއްވުމަށްވެސް އެ އެސޯސިއޭޝަނުން އެދެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.