“ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2019”ގެ ނަމުގައި ލ.ފޮނަދޫގައި މުބާރާތެއް ބާއްވަނީ

ލ.ފޮނަދޫ މެދު އަވަށު ސްޕޯޓްސް ކުލަބާއި އެރަށު ޒުވާނުން ގުޅިގެން “ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2019″ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ފޯރިޔާއެކު ތައްޔާރީތަށް ވަމުންއެބަގެންދެއެވެ.

މި މުބާރާތް އިންތިޒާމް ކުރި މެދުއަވަށު ސްޕޯޓްސްކުލަބުން މި ކަމަށް އާންމުކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި ”ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖެ 2019“ ގެ ނަމުގައި ބާއްވާ މިމުބާރާތް ކުރިއަށް ދާނީ އަންނަ ފެބްރުއަރީ  މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެމަހުގެ މަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

49808817 796283090718226 5362323637502214144 n

މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ކުލަބުން ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށައެޅުމުގެ މުއްދަތު އަންނަ ފެބުރުއަރީ މަހުގެ 05 ވަނަދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު،  މި މުބާރާތުގައި ބައިވެރިވުމަށް 1000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.

ގްރޫޕް ސިސްޓަމަށް ކުޅޭ މިމުބާރާތް ކުރިއަށް ދާނީ ފޮނަދޫ މެދުއަވަށުގައި މިހާރު އަލަށް އަޅާފައި އޮތް ޓާފް ދަނޑުގައެވެ. މިއީ މިފަދަ ބޮޑު މުބާރާތެއް އެކުލަބުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

މުބާރާތާއި ބެހޭ އިތުރު މައުލޫމާތެއް ސާފުކުރުމަށް 9804000 އަދި 7911130 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުމަށް ކުލަބުން ވަނީ އެދިފައެވެ.

rrtrtrt

މިމުބާރާތް ކުރިޔަށް ދާނީ މުބާރާތުގައި ބައިވެރިވާ ޓީމުތަށް ގްރޫޕްތަކަށް ބަހާލައިގެންނެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމާއި މުބާރާތުގެ ޤަވައިދު މުބާރާތުގެ ފޭސްބުކް ޕޭޖް

Facebook.com/fonadhooyouthfutsalchallenge އިން ލިބެން ހުންނާނެކަމަށް އިއުލާނުގައިވެއެވެ.

މި މުބާރާތުގެ މަގްސަދަކީ ލ.ފޮނަދޫގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފައްދައި ޒުވާނުންގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުން ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ވިދާޅުވެފައެވެ. އެ ފަރާތުން ވިދާޅުވީ މިފަދަ މުބާރާތް ތަށް ކުރިޔައް އޮތްތާ އިތުރު ކުރުމަށް މަސައްކަތް ކުރަމުންގެންދާނެ ކަމަށާއި މިއީ ފެށުންކަމަށެވެ.

ލ.ފޮނަދޫ ގައި މިފަދަ މުބާރާތްތަށް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތުގެ އިތުރުން އަންނަ މާރޗުމަހުގައިވެސްފޮނަދޫގައި ފުޓްސަލް މުބާރާތެއް ބާއްވަން ހަމަޖައްސަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މީގެ ކުޑަދުވަސްކޮޅެއް ކުރިން 14 އަހަރުން ދަށުގެ ފުޓްސަލް މުބާރާތެއް ވެސް ފޮނަދޫ ބަރާސިލް އަވަށުގައި ވަނީ ބާއްވާފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.