ކޮންމެ ދުވަހަކުވެސް 80 ޓަނުގެ ކުނި މާލޭގެ މަގުތަކުން ނެގޭ: ސަމާއު ޝަރީފް

ކޮންމެ ދުވަހަކުވެސް 80 ޓަނުގެ ކުނި މާލޭގެ މަގުތަކުން ނެގޭކަމަށް މާޅޭ ސިޓީ ކައުންސިލުގެ ޑިޕިއުޓީ މޭޔަރ ސަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސަމާޢު ވިދާޅުވީ މާލޭގެ މަގުތައް ކޮންމެދުވަހަކުވެސް ފަތިހު ކުނިކަހާ، ކުނިނަގާކަމަށެވެ. އެހެންނަމަވެސް މެންދުރު އަނެއްކާވެސް ކުނި އަޅާފައި ހުންނަ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސަމާޢު ވިދާޅުވީ މާލޭގެ މަތުތަކުގައި ކުނި ގިނައިން ބަހައްޓާ ސަރަޙައްދުތައްވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ ބައެއް ފަރާތްތައް މިހާރު ޖޫރިމަނާވެސް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ކުނި އެޅުމަށް ހުއްޓުމެއް އަންނަކަން ފާހަގަ ނުކުރެވޭ ކަމަށެވެ.

’ މާލޭގެ މަގުތައް ކޮންމެ ދުވަހަކުވެސް ފަތިހު ކުނިކަހާ، ކުނި ނަގާ. އެކަމަކު މެންދުރުވެގެން އަންނަ އިރު، ހުންނާނެ ގޮނޑިސެޓް، މޭޒު، އަލަމާރިފަދަ ތަކެތި ބަހައްޓާފަ. މިއީ ވިސްނާލަންޖެހޭ ކަމެއް“ ސަމާޢު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މާލޭގެ މަގުތައް ސާފުތާހިރުކޮށް ބޭއްވުމަކީ ވަކި މީހެއްގެ ނުވަތަ ވަކި ބައެއްގެ ޒިންމާއެއް ނޫން ކަމަށާއި އެއީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ފަރުދީ ޒިންމާ އަދާކުރުމަކީ ކޮންމެ މީހަކަށްވެސް މަޖުބޫރުކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.