ރެޑްވޭވް ސަލީމްގެ ބައްޕަގެ ހަނދާނުގައި ޤުރްއާން މުބާރާތެއް ބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ ބައްޕަ އަލްމަރުޙޫމް ޢަބްދުއްރަހްމާން މުހައްމަދު ހަނދާނުގައި ޤުރްއާން މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ސަލީމް ޢާއިލާގެ ފަރާތުން ބުނެފައިވަނީ މިއީ އޭދަފުށީގައި ތަޖްވީދު މަގަށް ޤުރްއާން ކިޔަވަން ދަންނަ ޖީލެއް އުފެއްދުމާއި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ޤުރްއާން ކިޔެވުމުގެ އާދަ އަށަގެންނެވުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު ކަމަށާއި ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 16 އަހަރުން މައްޗާއި 16 އަހަރާއި 10 އަހަރާ ދެމެދާއި 10 އަހަރުން ދަށުގެ ޢުމުރުފުރާ ހިމަނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އޭދަފުއްޓަށް އުފަން އޭދަފުށީގައި ދިރިއުޅޭ އޭދަފުށީގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި އޮޑިޝަނެއް ބާއްވައިގެން އޮޑިޝަނުން ހޮވޭ ފަރާތްތަކެވެ.

މުޅި މުބާރާތުން އެއްވަނައަށް ދާ ފަރާތްތަކަށް ބައިލައްކަ ރުފިޔާދޭ އިރު، ކޮންމެ ކެޓަގަރީއަކުންވެސް އެއްވަނަ އާއި ދެވަނަ އަދި ތިން ވަނައަށްވެސް އަގުހުރި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ހޯއްދެވުމަށާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7748722 ނަންބަރު ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.