މަންފާ އެކަޑަމީން ހަންޏާމީދޫގައި ބޭއްވި ކުޅިވަރު ކޭމްޕް ކާމިޔާބު ކަމާއެކު ނިންމާލައިފި

މަންފާ އެކަޑަމީގެ ފަރާތުން އދ. ހަންޏާމީދޫގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔާ ފުޓްބޯޅަ އަދި ވޮލީބޯޅަ ކޭމްޕު ކާމިޔާބު ކަމާއެކު އިއްޔެ ނިންމާލައިފި އެވެ.

ސެޕްޓެންބަރު 10 އިން 13 އަށް ކުރިއަށް ދިޔަ މި ކޭމްޕްގައި ވޮލީ ކޯޗެއްގެ ގޮތުގައި ބައިވެރިވެލެއްވި 32 އަހަރުގެ ކޯޗިންގެ ދާއިރާއިންން ތަޖްރިބާ ލިބިފައިވާ ހުނަރުވެރި ފަޠްޙުﷲ ވަޙީދު (ފައްލޯ ކޯޗް) އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދެ ޢުމުރުފުރާއަކަށް ބަހާލައިގެން ގެންދިޔަ ވޮލީ ކޭންމްޕުގައި 34 އަންހެން ކުދިން ބައިވެރިވެފައި ވެއެވެ. މީގެތެރޭގައި މުޅިން އަލަށް ވޮލީކުޅުނު ކުދިންވެސް ޝައުޤުވެރިކަމާއެކު ކޭންމްޕް ނިންމާލިއެވެ.

ދެމެހެއްޓެނިވި ގޮތަކަށް ހަންޏާމީދޫގައި، އަންހެނުންނަށް ޚާއްޞަކޮށް ވޮލީބޯލް ކުރިއަށް ގެންދިއުމަށްޓަކައި ކޯޗުންގެ ގޮތުގައި ޙަރަކާތްތެރިވާނެ އަންހެން ފަރާތްތަކަކަށް ވަނީ ތަމްރީނު ދީފަ އެވެ.

IMG 8908 scaled
މަންފާ އެކަޑަމީގެ ކުޅިވަރު ކޭމްގައި ފައްލޯ ކޯޗު ތަމްރީނު ދެނީ

 

މި ކޭމްޕްގައި ފުޓްނޯޅަ ކޯޗެއްގެ ގޮތުގައި ބައިވެރިވެލެއްވީ ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޙަމްދުﷲ ފެނާންޑޯއެވެ. (ފެނާންޑޯ ކޯޗް) އެވެ.

ފުޓްބޯޅަވެސް ގެން ގޮސްފައިވަނީ ދެ ޢުމުރުފުރާއަކަށް ބަހާލައިގެންނެވެ. ފުޓްބޯޅައިގައި 28 ކުދިން ބައިވެރިވެފައިވެ އެވެ.

ފެނާންޑޯ ކޯޗު ހާމަކުރައްވާ ގޮތުގައި ޤަވާޢިދުން ތަމްރީނު ދެވިއްޖެ ކަމުގައި ވާނަމަ މި އަތޮޅުގެ އެންމެ ވަރުގަދަ ޓިމު ނެރޭނެ އެއް ރަށަށް މިރަށް ވާނެ ކަމުގެ ޔަޤީންކަން އެބަ އޮތެވެ.

f
މަންފާ އެކަޑަމީގެ ކުޅިވަރު ކޭމްޕްގައި ފެނާންޑޯ ކޯޗް ކޮށްދެނީ

މަންފާ އެކަޑަމީގެ ކުޅިވަރު ކޭމްޕް ހިންގުމުގައި ހަންޏާމީދޫ ރަށު ކައުންސިލް އާއި އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށު ސްކޫލުގެ އިތުރުން ރަށުގެ ޒުވާންނުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މަންފާ އެކަޑަމީގެ ކުޅިވަރު ކޭމްޕްގެ ބައެއް ކަމަށްވާ ނަމާދު ވޯކްޝޮޕް ބޭއްވުމަށާއި ވޮލީ އަދި ފުޓްބޯޅައިގެ އިތުރު ތަމްރީނު ތަކެއް ދިނުމަށްޓަކައި މަންފާ އެކަޑަމީން ދުރުނޫން މުސްތަޤްބަލެއްގައި ހަންޏާމީދޫއަށް ދިއުމަށް ވަނީ ރާވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.