އިޒްރޭލުގެ އަމާޒަކީ އެމެރިކާގެ ނުފޫޒު ކުޑަކޮށް، އިޒްރޭލުގެ ބާރުވެރިކަން ފުޅާކުރުން – ޓަކަރ ކާލްސަން

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ޒަރީއާއިން ގަލްފުގެ ޤައުމުތައް ބަލިކަށިކޮށް، ސަރަހައްދީ ބާރުވެރިކަން ހޯދުމަށް އިޒްރޭލުން މަސައްކަތްކުރާ ކަމަށް ޓަކަރ ކާލްސަން ބުނެފި އެވެ.

އެމެރިކާގެ މަޝްހޫރު ސިޔާސީ މުފައްކިރު ޓަކަރ ކާލްސަން ފާހަގަކުރި ގޮތުގައި، އިޒްރޭލުގެ މައިގަނޑު އަމާޒަކީ އީރާނާއި، ގަލްފުގެ ޤައުމުތަކުގެ އިތުރުން އެ ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ ނުފޫޒު ކުޑަކޮށް، އިޒްރޭލުގެ ބާރުވެރިކަން ފުޅާކުރުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”ގޮއިންގް އަންޑަގްރައުންޑް“ އަށް ދިން އިންޓަވިއުއެއްގައި ކާލްސަން ބުނެފައިވަނީ، އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ގަލްފު ކޯޕަރޭޝަން ކައުންސިލްގެ ޤައުމުތައް ބަލިކަށިކޮށް، އެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ނައްތާލައި، މުޅި ސަރަހައްދުގެ މައްޗަށް އިޒްރޭލުގެ ބާރު ހިންގުމަށް މަގުފަހިކުރުމަށެވެ.

މިއީ ސަރަހައްދީ ބާރުގެ ތިލަފަތް ބަދަލުކޮށްލުމަށް އިޒްރޭލުން ގެންގުޅޭ ފުޅާ ރޭވުމެއްގެ ބައެއް ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ.

ކާލްސަން ހާމަކުރި ގޮތުގައި، ހަނގުރާމަ ފެށުމުގެ ކުރިން އޭނާ ވަނީ އިޒްރޭލުގެ މި އިސްތިރާޖީ މަޤްޞަދާ ބެހޭގޮތުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލަފާ އަރުވާފަ އެވެ.

އޭނާ ބުނި ގޮތުގައި، އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމައަކަށް ބާރުއަޅަނީ މުޅި ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށެވެ.

އިޒްރޭލުން ބޭނުންވަނީ އަމިއްލަ ބޯޑަރުތައް ފުޅާކުރުމަށާއި، އީރާނާއި އެ ޤައުމުގެ ބައިވެރިން ކަމަށްވާ ހިޒްބުﷲ އާއި ހަމާސްގެ ނުފޫޒު ކަނޑުވާލުމަށް ކަމަށް ކާލްސަން ފާހަގަކުރި އެވެ.

މީގެ އިތުރުން، ބަހްރޭން، ކުވެއިތު، އޮމާން، ޤަޠަރު، ސަޢުދީ ޢަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނޭ ޖީ.ސީ.ސީގެ ޤައުމުތަކުން ހޯދަމުންދާ އިޤްތިޞާދީ ކުރިއެރުމަކީވެސް އިޒްރޭލަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެ ޤައުމުން ދެކޭ ކަމަށް އޭނާ ބުންޏެވެ.

ކާލްސަން އިތުރަށް ބުނި ގޮތުގައި، ގަލްފުގެ ޤައުމުތަކުން ބިނާކުރަމުންދާ ކުރިއަރާފައިވާ މުޖުތަމަޢުތަކަކީ އިޒްރޭލަށް އޮތް ބޮޑު ނުރައްކަލެއްކަމަށް އެ ޤައުމުން ޤަބޫލުކުރެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.