ޓީއެފްޖީ ބޮޑުހާފުގެ އެކްސްޕޯރ ބާއްވައިފި

ޓޯޓަލް ފިޓްނެސް ގްރޫޕުން މާދަމާ ބޭއްވުމަށް ނިންމާފައިވާ ’ޓީއެފްޖީ ބޮޑުހާފު“ ގެ އެކްސްޕޯރ ބާއްވައިފިއެވެ.

ހުޅުމާލޭގައި މާދަމާ ބޭއްވުމަށް ނިންމާފައިވާ މި ދުވުމުގެ ބިބް ދޫކުރުން ބާއްވާފައިވަނީ ޓީއެފްޖީގައެވެ.

އިޝްތިހާރު full width ad 1200 x 150

ޓީއެފްޖީ އިން މުޅިން އަލަަށް ބާއްވާ ބޮޑުހާފަކީ 5 ކިލޯމީޓަރާއި 10 ކިލޯމީޓަރު އަދި 21 ކިލޯމީޓަރުގެ ދުވުން ހިމަނާފައިވާ ދުވުމުކެވެ. އަދި ދުވުމުގެ ޓައިޓްލް ލިބޭނީ މި ހުރިހާ ކެޓަގަރީއެއް ފުރިހަމަ ކުރުމުންނެވެ. އެހެންނަމަވެސް އެމީހަކު ބޭނުން ކެޓަގަރީއެއްގައި ދުވުމުގެ ފުރުޞަތު ހުޅުވާލި އިރު، ކޮންމެ ކެޓަގަރީއެއް ނިންމުމުންވެސް މެޑެލް ލިބޭނެއެވެ.

ޖުމްލަ 200 މީހުންނަށް އަމާޒުކޮށްގެން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލި މި ދުވުމުގައި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ޓީއެފްޖީ އިން ބުނީ ކޮންމެ ކެޓަގަރީއެއްވެސް ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް ފަށާނެ ކަމަށާއި ގަޑިއަށްވުރެ، ފަހުން އަންނަ ފަރާތްތަކަށް އެ ކެޓަގަރީގައި ބައިވެރިނުވެވޭނެ ކަމަށެވެ. އަދި ކެޓަގަރީއަށް ކަނޑައަޅާފައިވާ ވަގުތު ހަމަވާ އިރު، ނުނިންމާ ފަރާތްތަކަށް މެޑެލް ނުލިބޭނެ ކަމަށެވެ.

ބޮޑުހާފުގައި 5 ކިލޯމީޓަރ ދުވުން މާދަމާ ފަތިހު 05:30ގައި ފަށާ އިރު، މި ކެޓަގަރީގެ ދުވުން ނިންމަން ޖެހެނީ 45 މިނެޓުގެ ތެރޭގައެވެ. 10 ކިލޯމީޓަރ ދުވުން 06:30 ގައި ފަށާ އިރު، މި ކެޓަގަރީގެ ދުވުން ނިންމަން 1 ގަޑި 30 މިނެޓު ނިންމަން ލިބޭނެއެވެ. އަދި 21 ކިލޯމީޓަރގެ ދުވުން ފަށާނީ 08:30 ގައެވެ. މިދުވުން ފުރިހަމަ ކުރުމަށް ތިންގަޑި އިރު ލިބޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.