ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް އެމަޤާމުން އޮޓަމެޓިކުން ވަކިވެއްޖެ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް ފުޅު އެޕާޓީގެ ކައުންސިލް މެމްބަރު ކަމުންނާއި ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް ކަމުން އޮޓަމެޓިކުން ވަކިވެއްޖެއެވެ.

އޭނާއަށް އެކަން އެންގުމަށް ޕާޓީގެ ރައީސް މައުމޫން ސޮއިކުރައް މިއަދު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ޕާޓީގެ ޒުވާނުންގެ ހަރާތުގައި ހިމެނޭ މެމްބަރުންނަކީ މީލާދީ ގޮތުން 31 އަހަރު ނުފުރޭ މެމްބަރުންގެ މައްޗަށް އެކުލެވޭ ހަރަކާތެއް ކަމުގައި ޕާޓީގެ އަސާސީ ގަވާއިދުގެ 25 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާކަމަށާއި އެހެންކަމުން އެ ޢުމުރު ފުރުމާއެކު އެ ޕާޓީގެ ކައުންސިލް މެމްބަރު ކަމުންނާއި ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް ކަމުން އޮޓަމެޓިކުން ވަކިވެފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އަދި އެ ސިޓީގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ” މަނިކުފާނަކީ މިހާރު ޒުވާނުންގެ ހަރަކާތުގައި ހިމެނޭ މެމްބަރެއް ނޫން ” ކަމަށާއި ” އެހެންކަމުން މަނިކުފާނު މިހާރު ޒުވާނުންގެ ހަރަކާތުގެ ރައީސަކަށް ހުރުމަށް އަސާސީ ގަވާއިދު ތަން ނުދޭ ވާހަކަ ހިތާމަޔާއެކު ދަންނަވާ ” ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.