ޕީޕީއެމްގެ ނައިބު ރައީސް އާއެކު އިތުރު މެންބަރަކު އެޕާޓީގެ ކައުންސިލުން ވަކިކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އެ މަޤާމުން ވަކިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޢަބްދުއްރަޙީމް އާއެކު ރައީސް ޢަބްދުﷲ ޔާމީނަށް ތާއިދު ކުރައްވާ ދެ ބޭފުޅަކުވެސް ވަނީ ޕީޕީއެމްގެ ކައުންސިލުން ވަކިކޮށްފައެވެ.

އިޝްތިހާރު Below Header ad

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް، އަބްދުއްރަޙީމް މިއަދު ފޮނުއްވެވި ސިޓީއެއްގައި ވިދާލުވެފައިވަނީ އޭނާއަކީ ޕާޓީގެ ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ކައުންސިލަށް ޢައްޔަން ކުރެއްވި ތިން މެމްބަރުންގެ ތެރެއިން މެމްބަރެއް ކަމަށެވެ.

ކައުންސިލުގެ މެމްބަރުކަމުން މިއަދުން ފެށިގެން ވަކިކުރައްވާފައިވާ ކަމަށާއި ކައުންސިލް މެމްބަރުކަމުން އަބްދުއްރަހީމް ވަކިކުރެއްވުމުން ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމު ގެއްލުނީ ކަމަށްވެސް މައުމޫންގެ ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމްގެ ކައުންސިލުން ޢަބްދުއްރަޙީމު ވަކިކުރެއްވި ސަބަބެއް ކަމަށް މައުމޫންގެ ސިޓީގައި ވިދާޅުވެފައިވަނީ  ފިކުރާއި ޚިލާފަށް ޢަމަލު ކުރެއްވުމާއި ޕާޓީގެ ރައީސާ ބެހޭ ގޮތުން ޙަޤީޤަތާއި ޚިލާފު ވާހަކަ ދައްކަވަމުން ގެންދަވާތީ ކަމަށެވެ.

ޒާހިދު. ފޮޓޯ: ދުވަސް އެމްވީ
ޒާހިދު. ފޮޓޯ: ދުވަސް އެމްވީ

މީގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒުވެސް ވަނީ މިއަދު އެޕާޓީގެކައުންސިލް މެމްބަރު ކަމުން ވަކި ކޮށްފައެވެ.

އޭނާ އެ މަޤާމުން ވަކިކުރިކަން އެންގުމަށް ރައީސް މައުމޫން ސޮއި ކުރައްވާ މިއަދު ފޮނުވާފައިވާ ސިޓީގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ޒާހިދަކީ ރައީސް މައުމޫން، ޕީޕީއެމްގެ ކައުންސިލަށް އައްޔަން ކުރި ތިން މެމްބަރުންގެ ތެރެއިން އެއް މެމްބަރު ކަމަށްވާއިރު، ފަހަކަށް އައިސް ޢަމަލު ކުރައްވަމުން ގެންދަވަނީ ޕާޓީގެ އަސާސީ ޤަވާޢިދާއި ޕާޓީގެ ފިކުރާވެސް ޚިލާފަށް ކަމަށެވެ.

އަދި ސޯޝަލް މީޑިޔާގައި މުޢާމަލާތު ކުރައްވަމުން ގެންދަވަނީވެސް ވަރަށް ބޭއަދަބީކޮށް ދަށު ދަރަޖައިގެ ބަސްތައް ބޭނުން ކުރައްވައިގެން ކަމަށާއި މިއީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ކިބައިން ފެނިގެންވާނޭ ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

ޚާއްޞަކޮށް ޕާޓީގެ ރައީސް ކައުންސިލަށް އައްޔަން ކޮށްފައިވާ މެމްބަރެއްގެ ކިބައިން ފެނިގެންވާނެ ފަދަ ކަމެއްކަމަށް ޤަބޫލުކުރަން ދަތި ކަމަށާއި މި ކަންކަމާ ހިތްހަމަ ނުޖެހިގެން ޕާޓީގެ ވަރަށް ގިނަ ޢާންމު މެމްބަރުންގެ ފަރާތުން ޝަކުވާ ލިބެމުން އަންނަ ކަމަށް ޒާހިދަށް ރައީސް މައުމޫން ފޮނުވާފައިވާ ސިޓީގައި ވަނީ ވިދާޅުވެފައެވެ.

އެ ސިޓީގައި މައުމޫން އިތުރަށް ވިދާޅުވެފައިވަނީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ހައިޘިއްޔަތުން ޕާޓީއަށް ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރުދަންނަވާ ކަމަށާއި މިއަދުން ފެށިގެން ޒާހިދު ޕީޕީއެމްގެ ކައުންސިލުން ވަކިކޮށްފައިވާ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.