ޤައުމުގެ މިނިވަންކަމަށްޓަކައި ގުރުބާންވި ބަަތަލުންގެ ހަނދާންތައް އަބަދުވެސް އާކުރަން ޖެހޭ: އިންޑިއާގެ ރައީސް

ޤައުމުގެ މިނިވަންކަމަށްޓަކައި ގުރުބާންވި ބަަތަލުންގެ ހަނދާންތައް އަބަދުވެސް އާކުރަން ޖެހޭކަމަށް އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިންޑިއާގެ 71 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އެޤައުމުގެ އެމްބަސީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭސް މިޝްރާ މެދުވެރިކުރައްވާ ދެއްވި ބަޔާނެއްގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހ. އަތިރީގެއާގޭގައި ހުންނަ އިންޑިއާ އެމްބަސީގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި އެ ބަޔާން ހިއްސާކުރައްވަމުން އަކިލޭސް މިޝްރާ ވިދާޅުވީ މިނިވަން ދުވަސް ފާހަގަކުރާ އިރު ޤައުމުގެ މިނިވަންކަމަށްޓަކައި ޤުރުބާންވި ބަަލުންގެ ހަނދާންތައް އަބަދުވެސް އާކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ދެ ޤައުމުގެމެދުގައު އޮންނަ ގުޅުމާއި އިންޑިއާގެ ރައްޔިތުންނާއި ދޭތެރޭ ބާއްވަވާ ގާތްކަމަށް ސަފީރު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ސަގާފީ ހުށަހެޅުންތަކަކާއެކު ބާއްވާ ޚާއްޞަ ޖަލްސާއެއް މިރޭ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.