އީރާނު އެމްބަސީން ނަތަންޔާހޫ އަށް ނިސްބަތްކޮށް ”ވޮލްޑެމޯޓް“ ގެ މީމްއެއް އާންމުކޮށްފި

ނަތަންޔާހޫ އދ. މަޖިލީހުގައި ތަޤުރީރު ކުރަން ފެށުމުން ވަފުދުތަކުން ނުކުމެގެން ދިޔަ ދިއުމާ ގުޅުވައި، އީރާނު އެމްބަސީން ”ވޮލްޑެމޯޓް“ ގެ މީމްއެއް އާންމުކޮށްފި އެވެ.

ގާނާގައި ހުންނަ އީރާނު އެމްބަސީގެ ރަސްމީ ’އެކްސް‘ އެކައުންޓުން ބުރާސްފަތި ދުވަހު ވަނީ، ހެރީ ޕޮޓާ ސިލްސިލާގެ ނުބައި ބައިކުޅޭ ކެރެކްޓާ ”ލޯޑް ވޮލްޑެމޯޓް“ އދ. ގެ މިންބަރުގައި ހުއްޓާ ދައްކުވައިދޭ މީމްއެއް ހިއްސާކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެ ޕޯސްޓުގައި ބުނެފައިވަނީ، ”މިއަދު އދ. ގައި ’ޑާކް ލޯޑް‘ ދުނިޔެއަށް އަޚްލާޤީ މިންގަނޑުތަކާ ބެހޭ ގޮތުން ދަރުސް ދީފި އެވެ. އެންމެ ފަހުން ’ޑެތު އީޓާސް‘ (އޭނާގެ ބައިވެރިން) ވެސް މަޖިލިސް ދޫކޮށް ނުކުމެއްޖެ އެވެ.“

Netanyaho in UN

ޣައްޒާއާއި މުޅި ސަރަޙައްދުގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން، ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާއެކު ގާތްގަނޑަކަށް 70 އަށްވުރެ ގިނަ ޤައުމުގެ ވަފުދުތަކުން ވަނީ މަޖިލިސް ދޫކޮށް ނުކުމެފަ އެވެ.

މަޖިލިސް ދޫކޮށް ދިޔަ މީހުންނަކީ ”އަޚުލާގީ ގޮތުން ބަލިކަށި ފިނޑިން“ ކަމަށް ސިފަކޮށް، ނަތަންޔާހޫ ވަނީ އެތަނުގައި ތިބި އިތުރު ފާޑުކިޔާ ފަރާތްތަކުން ވެސް ނުކުމެގެން ދިއުމަށް ގޮވާލާފަ އެވެ.

އެމްބަސީން ފަހުން ކުރި ޕޯސްޓުތަކެއްގައި ސާފުކޮށްދިން ގޮތުގައި، ”ޑެތު އީޓާސް“ ގެ ނަމުން އިޝާރާތް ކުރީ ނަތަންޔާހޫގެ އަމިއްލަ ބައިވެރިންގެ ތެރެއިން ވެސް ބައެއް މީހުން މަޖިލިސް ދޫކޮށް ދިޔަކަން ހާމަކުރުމަށެވެ.

”ސާފުކޮށްދޭން ބޭނުންވަނީ، ’ޑެތު އީޓާސް‘ އަކީ އޭނާގެ އަމިއްލަ ބައިވެރިން ކަމެވެ. ބޭނުމަކީ އޭނާގެ ބައެއް ބައިވެރިން ވެސް މަޖިލިސް ދޫކޮށް ދިޔަކަން ބަޔާންކުރުމެވެ. މަޖިލިސް ދޫކޮށް ދިޔަ ކޮންމެ ޤައުމަކީ ’ޑެތު އީޓާ‘ އެއް ނޫނެވެ،“ އީރާނު އެމްބަސީގެ އެކްސް އެކައުންޓުގައި ބުނެފައިވެ އެވެ.

މިއީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާ ގުޅިގެން، އީރާނުގެ އެކި އެމްބަސީތަކާއި ޑިޕްލޮމެޓިކް މިޝަންތަކުން ސޯޝަލް މީޑިއާގައި މީމްތަކާއި މަޖާ ކޮންޓެންޓް ބޭނުންކޮށްގެން ރައްދުދެމުންދާ ސިޔާސަތުގެ ބައެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.