ޚަބަރު ފީތާ

މަގޭވެށި މަގޭ ލޯބީގެ ނަމުގައި އެސްޓެޓިކޯއިން ހަރަކާތެއް ބާއްވަނީ..

މަގޭވެށި މަގޭ ލޯބީގެ ނަމުގައި އެސްޓެޓިކޯއިން ހަރަކާތެއް ބޭއްވުމަށް ނިންމަިއފިއެވެ.
މި ހަރަކާތާއި ބެހޭގޮތުން އެޓޯލްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެސްޓެޓިކޯގެ އެސިސްޓެންޓް ސޭލްސް މެނޭޖަރ އާދަމް ނަސީރު ވިދާޅުވީ މިއީ އިޖުތިމާޢީ ހަރަކާތެއް ކަމަށާއި މި ހަަރަކާތް ތަޢާރަފްކޮށްދޭނީ ޔޫސުފް ޝަފީޢު (ޔޫއްޕެ) ކަމަށެވެ.
’ޔޫއްޕެވެސް މިކަމުގަ ބައިވެރިވަނީ މިއީ މުޖުތަމަޢަށް ބޭނުންތެރިކަމެއްގެ ގޮތުގަ ދެކިގެން ޚިދުމަތެއް ކޮށްދިނުމުގެ ގޮތުން‘ އާދަމް ވިދާޅުވިއެވެ.
އާދަމް ނަސީރު އިތުރަށް ވިދާޅުވީ މި ހަރަކާތުގެ އިތުރު މަޢުލޫމާތު އެސްޓެޓިކޯގެ ޢީދު ސްމައިލްސްގައި ހާމަކުރާނެ ކަމަށެވެ.

Rate this post