
ޝައިޚް ޢަލީ ޒާހިރުގެ ވަރަށް ޚާއްޞަ ދަރުހެއް
“ހެޔޮ ބިންގާ” ގެ ފަރާތުން އިންތިޒާމު ކޮށްގެން ޞައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ވަރަށް ޚާއްޞަ ދަރުހެއް ބޭވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަރުސް ގެ މައުޟޫއަކީ “ ޢުމުރު ބޭކާރުކޮށް ނުކުރާށެ“ .
މިމަހު (21 އޮކްޓޯބަރު 2016) ގައި ރޭގަނޑު 8:45 ގައި ފެށޭ މި ދަރުހަކީ ”ހެޔޮބިންގާ އާއި ޢަރަބިއްޔާ ސްކޫލާ ގުޅިގެން ބާއްވާ ފުރަތަމަ ދަރުހެވެ.
މިދަރުސް ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޢަރަބިއްޔާ ސްކޫލްގެ ހޯލުގައެވެ.
“ހެޔޮ ބިންގާ”
ހެޔޮ ބިންގާ ހަރަކާތަކީ ހެޔޮލަފާ މުޖުތަމައެއް ބިނާކުރުމަށް ދީނީ އަދި އިޖްތިމާޢީގޮތުން ބޭނުންވާނޭ އަސާސީ މަޢުލޫމާތު ފޯރުކޮށްދީ ހެޔޮ ބިންގަލެއްގެ މަތީގައި މުޖުތަމަޢު ތަރައްޤީކުރުމަށް އަމިއްލަ ފަރުދުންތަކެއް އިސްނަގައިގެން ހިންގާ މަދަނީ ޙަރަކާތެކެވެ. އެގޮތުން މި ޙަރަކާތުގެ މައިގަނޑު މަޤްސަދަކީ ހެޔޮލަފާ މުޖުތަމައެއް ބިނާކުރުމުގެ ބިންގާ ކަމުގައިވާ ތުއްތުކުދިންނާއި، މައިންބަފައިންނަށް ދީނީ އަދި އިޖްތިމާޢީ ތަރުބަވީ ފިލާވަޅުތަކެއް ފޯރުކޮށްދިނުމެވެ. އެހެންކަމުން މިހަރަކާތް ބިނާވެފައިވަނީ ތުއްތުކުދިންނާއި އެކުދިންގެ މައިންބަފައިންނަށް ބޭނުންވާނޭ ދީނީ އަދި އިޖްތިމާޢީ މަޢުލޫމާތާއި ތަރުބަވީ ފިލާވަޅުތައް ފޯރުކޮށްދިނުމަށް ތަފާތު ދަރުސްތައް ހިންގުމާއި ކުޑަކުދިންނާ ގުޅޭ އިޖްތިމާޢީ ޙަރަކާތްތައް ހިންގުމާއި، ސޯޝަލް މީޑިއާފަދަ ވަޞީލަތްތައް މެދުވެރިކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމެވެ.
ހެޔޮ ބިންގާ ސިލްސިލާގެ ދަށުން މިހާތަނަށް ވަނީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން 27 އަށްވުރެ ގިނަ ދަރުސް ތަފާތު މަޢުލޫތަކަށް އިންތިޒާމް ކުރެވިފައެވެ. އަދި މި ދަރުސްތަކުގެ ތެރެއިން ގިނަ ދަރުސްތަކުގެ ވީޑިއޯސީޑީ ތައްޔާރުކޮށް ވަނީ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވިފައެވެ.