ޚަބަރު ފީތާ

ކިޔަވަންވީ ބެލެނިވެރިން 3

30 މެއި 2018 އާ ގުޅޭ

މިހިސާބުން ދެން ދެން މި ބަލާލަނީ ކުދިންނަށް ދެވޭ ނުސީދާ ތަޢްލީމަށެވެ. މިއަދު ހުރިހާ ބޭފުޅުންވެސް ޤަބޫލު ކުރާ ޙަޤީޤަތަކީ، ކުދިން  އެކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އޮވެ އަދި އެކުދިންނަކީ ކަންކަމުގައި ކެރޭ ކުދިން ނަށް ވުމެވެ. އެހެން ނަމަވެސް ދެނެގަތުން މުހިންމީ  ކެރެން ޖެހޭ ކަންތަކާއި އަދި ކެރެން ނުޖެހޭކަންތަވާކަމެވެ.

ނަމަވެސް ބެލެނިވެރިންގެ ސަމާލުކަން އިތުރު ކޮށްލަންވީކަމަކީ، ބެލެނިވެރިން ބޭއަދަބީކޮށް މީހުންނާ މުޚާތަބު ކުރުމުން ނުވަތަ ހިނިތުންވެ، ކުރިމަތީގައި ވާހަކަ ދައްކާފައި، ފުރަގަސް ދިނުމުން އެމީހެއްގެ ނުބައި ވާހަކަ ދެކުމުން ކުދިން ނަށް ލިބިގެންދާ ނޭދެވޭ އަސަރަށެވެ. މިއީވެސް ސަމާލް ކަން ދޭންޖެހޭ ވަރަށް މުހިންމު ކަމަކެވެ. މިޒަމާނުގައި ކުދިންނަށް ”ގަޓް“ ހުރިކަމަށް ވަނީ ކުރަން ނުވާވަރުގެ ކަމެ ކުރުމުންނެވެ. މިއީވެސް ހަމަ ނޭނގި ކުރެވޭ ކަންތަކުން ކުރާ ނެދެވޭ އަސަރެވެ. ކުދިން ލަދުވެތިވެ ކެރެންވާންވީ ކޮން ކޮން ވަގުތެއްގައިކަން އުނގަންނައިނުދެވޭތީއެވެ.

ޙަޤީޤަތުގައި ކެރުމަކީ ކުރަންނުވާ ކަންތައް ނުކުރުން ނުވަތަ ނޫނެކޭ ބުނަންޖެހޭ ޙާލަތުގައި އަދަބުވެރިކަމާއެކު ނޫނެކޭ ބުނަން ކެރުމެވެ. މިގޮތަށް ކަންކަން ނުކުރެވެނީ އެކުދިންނަށް އެކަން އުނގަނައި ނުދިނުމުގެ އިތުރުން ބެލެނި ވެރިންނަށް ޢަމަލީގޮތުންވެސް އެކަން ދައްކައި ނުދެވޭތީއެވެ. މިސާލަކަށް ބަޔަކު ހިންހަމަ ނުޖެހޭކަމެކުރުމުން އެކަމެ އެމީހެއްކައިރީ ނުބުނެ އެހެން މީހުން ކައިރީ ކިޔުމެވެ. އަދި ކެރިހުރެ ސާބިތުވާންވީ ކަންކަމުގައި ފަސްޖެހޭތީއެވެ. މިސާލަކަށް މީހަކަށް ނުވަތަ ކުއްޖަކަށް ބޭއިންސާފުން ކަމެއްކުރާތަން ފެނުނީމަވެސް އެކަމެއް މަނާ ނުކޮށް ފަހުން އެވާހަކައް ދެކުމެވެ. މިކަންތަކުން ސާބިތުކޮށް މި ދެވެނީ ކެރެންވާ ކަންތަކުގައި ނުކެރޭކަމެވެ. އަދި ހަމަ މިފަދައިން މުދައްރިސަކާ މުޚާތަބް ކުރަންނުވާ ގޮތަކަށް މުޚާޠަބު ކުރުމުން އެދައްކުވައި ދެވެނީ ނުކެރެންވާ ކަންތަކުގައި ކެރެކަމެވެ.

މިގޮތަށް ބެލެނިވެރިންނަށް ނޭނގި ކުރެވޭ ކަންތަކުން ކުދިންނަށް ދެވޭ ތަރުބިޔައްތުގެ ނޭދެވޭ އަސަރު ވަރަށް ބޮޑެވެ. އެހާމެ ނުރައްކަލެވެ.  މި ތިންބައިގައި ބަޔާން ވެގެން މިދިޔައީ ވަރަށްވެސް މަދު ކަން ތަކެކެވެ. ނަމަވެސް މިކަން ތަކަކީ އެކަމާ ވިސްނާ ފިކުރު ކޮށްލައިފިނަމަ މީގެން އެތަށް ގޮތްޕެއް ނެރެވިދާނެ ކަންތަށް ތަކެވެ.

އުންމީދަކީ އެއްމެހައި ބެލެނިވެރިން މިކަންކަމާ ވިސްނައި ފިކުރު ހިންގުމެވެ. އަދި މިކަހަލަ ކުދި އެހެން ނަމަވެސް ބޮޑެތި ނޭދެވޭ އަސަރުތަށް ކުރާ ކަންތައްތައް ހުއްޓާލުމެވެ. މާތް ﷲ އަޅަމެންނަށް މިކަމުގައި ސާބިތުކަން ދެއްވާ މިކަމުގެ ހެޔޮ ތަވްފީޤު މިންވަރު ކުރައްވާށި.. އާމީން

ނުނިމޭ…

މި ލިޔުމުގެ ކުރީބައި ކިޔާލުމަށް މިލިންކަށް ފިތާލައްވާ 

Rate this post

1