ޚަބަރު ފީތާ

ހޭމާސް ފާރމަސޫޓިކަލްސްގެ ރާއްޖޭގެ އެސްކްލޫސިވް އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރކަށް އެސްޓީއޯއަށް

ހޭމާސް ފާރމަސޫޓިކަލްސްގެ ރާއްޖޭގެ އެސްކްލޫސިވް އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ލިބި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ބޭސް އުފައްދާ ކުންފުނިތައް ރާއްޖެ ގެނެއުމުގެ ޢަޒުމުގައި އެސްޓީއޯ އިން ކުރާ މަސައްކަތުގެ ތެރެއިންވީ މިއެއްބަސްވުމުގެ ސަބަބުން އެސްޓީއޯއަށް މިވަނީ ހޭމާސް ފާރމަސޫޓިކަލްސްގެ ރާއްޖޭގެ އެސްކްލޫސިވް އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރކަން ލިބިފައެވެ.

ހޭމާސް ފާރމަސޫޓިކަލްސް އަކީ ސްރީލަންކާގެ އެންމެފުޅާދާއިރާއެއްގައި ބޭސް އެތެރެކޮށް ޑިސްޓްރިބިއުޓް ކުރާ ކުންފުންޏެވެ. ވޭތުވެދިޔަ އަހަރުތަކުގެރތެރޭ ހޭމާސް ފާމަސޫޓިކަލްސް ދަނީ ދުނިޔޭގެ ބޭސް އުފައްދާ އެންމެ ބޮޑު ކުންފުނިތަކާ ގުޅި  ސްރީލަންކާގެ އެކިކަންކޮޅުތަކަށް ވަރަށް ފުރިހަމަކޮށް ސަޕްލައިކުރަމުންނެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖެފަދަ ކުޑަ އާބާދީއެއް އެކުލެވިފައިވާ ޤައުމަކަށް ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ބޭސްތައް ލިބުމުގެ މަގުފަހިވެގެންދިއުމާއެކު އެސްޓީއޯއަށް ބޭސް ގެނައުމަށް ފަސޭހަވަވުމާއިއެކު ބޭހުގެ ކޮލިޓީ އިތުރަށް ރަންގަޅުވެގެން ދާނެއެވެ.

 

 

Rate this post