ޚަބަރު ފީތާ

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 9 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 9 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ އެ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 7 މައްސަލައާއި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 2 މައްސަލަ ހިމެނޭ ކަމަށެވެ. އަދި ޢާއިލީ 26 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅައިފައިވާ އިރު، މިއީ މިއަހަރުގެ މެއި މަހު ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ޖުމުލަ 14 އިންސައްތަ ކަމަށެވެ.

މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 17 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 8 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 1 މައްސަލަ ހިމެނޭ ކަަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުންޏެވެ. އަދި އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 2 މައްސަލަ ހުށަހަޅައިފައިވާ އިރު، އެއީ މާރާމާރީ ހިންގުމުގެ 2 މައްސަލަ ކަަމަށްވެސް ބުންޏެވެ.

 

Rate this post