މިއަދުގެ މުޖުތަމައުގައި އެއްމެ ބޮޑަށްދެކެވޭ ވާހަކައަކީ ކުދިންގެ އަޙްލާޤް ގޯސްވާ ވާހަކައެވެ. ކުދިން އެއްވެސް މީހަކަށް ޢިޙްތިރާމް ނުކުރާ ވާހަކައެވެ. މިކަމުގެ ޒިންމާނަގާނީ ކޮންފަރާތަކުންތޯއެވެ؟
މިކަމުގެ ޒިންމާނަގަން ޖެހޭނީ ހަމަ ބެލެނިވެރިންނެވެ. ތިބޭފުޅުން ނަށް ނޭގިނަމަވެސް ކުރެވޭ ނޭދެވޭ ކަންތަކުގެ ސަބަބުންނެވެ.
ނިކަން ވިސްނަވާލައްވާށެވެ! ކިތަށް ފަހަރު ތޯ ދަރިފުޅުކައިރީ ގައި ބަހަޓަވައިގެން މުދަރިސެއްގެ ނޭދެވޭ ވާހަކަދެއްކީ؟ ކިތައް ފަހަރުތޯ މަދްރަސާގެ ނުވަތަ އެތަން ހިންގަން ތިބޭ ވެރިންގެ ނޭދެވޭ ވާހަކަ ދެއްކީ؟
އަޅުގަނޑު ފަހަރެއްގައިވެސް ނުދަންނަވަން ހުރިހާ މުދައްރިސުންނަކީ ރަނގަޅު ބޭފުޅުން ނެކޭ، ނުވަތަ ކުށެއްނުކުރާ ބަޔެކޭ، މިލިޔުމުގެ މަގްސަދަކީ ބެލެނިވެރިންނަށް ނޭންގި ނަމަވެސް ދަރިވަރުންނަށް ދެވޭ ނޭދެވޭ ތައުލީމް ހުއްޓުވުމެވެ. މިގޮތަށް ކުދިންނަށް އިވޭހިސާބުގައި މުދަރިސުންގެ ވާހަކަ ދެއްކުމުން އެކުދިންނަށް ނޭންގި އަދި ބޭއިހްތިޔާރުގައި ފެށެނީ ނުކިޔަމަންތެރިވުމެވެ.
މިސާލް ދައްކަން ތިބޭ، ބޭފުޅުން މިގޮތަށް ކަންތައް ކުރެވުމުން އެކުދިން ނަށްވެސް ލިބޭނީ އިތުރު ހިއްވަރެކެވެ.
ނިކަން ވިސްނާލައްވާށެވެ! އެކުދިން މުދައްރިސަށް ކިޔަމަން ތެރިކަން އަދާނުކޮށް އަދި އެއްވެސްވަރެއްގެ ޖެހިލުމެއް ނެތީއްޔާ، އެ ކުދިން މަދްރަސާގައި އުޅޭނީ އެކުދިން ބޭނުން ގޮތަކަށެވެ.
މިގޮތަށް މުދަރިސުންނަށް ކުރެވޭ ނުވަތަ ކުރާ ނޭދެވޭ ކަންތަށް ހައްލުކުރަން އެހެން ގޮތެއް ހޯދަންވެއްޖެއެވެ. ކުދިން ކުރިމަތީ މުދައްރިސުން ދިފާއު ކުރަންޖެހޭނެއެވެ. އެކަމަކީ ހަމަ މި މުޖްތަމައުގެ ޅަދަރީން އިސްލާޙް ކުރުމަ ބެލެނިވެރިންނަށް ނެގިދާނެ ފުރަތަމަ ފިޔަވަޅެވެ.
ނުނިމޭ…….
V.Bodu thedhufulheh