އޯގަސްޓު މަހުވެސް ރާއްޖޭގެ ރަސްމީ ރިޒާރވް ދަށަށް..

މިއަހަރުގެ އޯގަސްޓް މަހުގައިވެސް ރާއްޖޭގެ ރަސްމީ ރިޒާވް ދަށްވެއްޖެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން ކޮންމެ މަހަކުޢާންމުކުރާ އިޤްތިޞާދީ ރިވިއުގައި ބުނެފައިވަނީ އޯގަސްޓް މަސް ނިމުނު އިރު ރާއްޖޭގެ ރިޒާރވް ގާތްގަނޑަކަށް 13 ޕަސަންޓުގެ ދަށްވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރިޒާރވްގައި ހުރީ 532.5 މިލިޔަން ޑޮލަރު ކަމަށާއި އެއީ ޖުލައި މަހާއި އަޅާ ބަލާއިރު 79.3 މިލިޔަން ޑޮލަރުގެ ދަށްވުމެއް ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އިޝްތިހާރު Below Header ad

އަދި ބޭރު ފައިސާގެ މުޢާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރެވެން ހުންނަ ފައިސާ ނުވަތަ ޔޫޒަބަލް ރިޒާރވް އަނެއްކާވެސް ދަށްވެފައިވާ ކަމަށާއި ޖުލައި މަސް ނިމުނު އިރު، ޔޫޒަބަލް ރިޒާރވްގައި ހުރީ 207.9 މިލިޔަން ޑޮލަރު ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. އަދި އޯގަސްޓް މަސް ނިމުނު އިރު އެ ޢަދަދު ހުރީ 186.1 މިލިޔަން ޑޮލަރުގައި ކަމަށް އެމްއެމްއޭގެ ރިވިއުގައި ވަނީ ބުނެފައެވެ.

މަރުކަޒީ ބޭންކުން ބުނީ ރާއްޖޭގެ ރިޒާވް ދަށްވުމަށް ދިމާވި މައިގަނޑު ސަބަބަކީ ރާއްޖެއަށް ބޭރު ފައިސާ ލިބުމުގެ ދަތިކަމަށް ލުޔެއް ހޯދުމަށް އެ އިދާރާއިން ބޭންކުތަކަށާއި ސަރުކާރުގެ ކުންފުނިތަކަށް ބޭރު ފައިސާ ވިއްކި ޢަދަދު އިތުރުކޮށްފައިވުން ކަމަށެވެ.

ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށާއި ޢާންމުންގެ އަސާސީ ބޭނުންތައް ހަމަޖެއްސަން ދިމާވާ ދަތިތަކަށް ކޮންމެވެސް ލުޔެއް ހޯދައިދިނުމަށް ކޮންމެ ހަފްތާއަކު ކޮންމެ ހަފްތާއަކު 4.3 މިލިޔަން ޑޮލަރު އެބޭންކުން ވިއްކާ ކަމަށްވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އެގޮތުން މިއަހަރު ޙައްޖު ޖަމާޢަތްތަކަށް 2.6 މިލިޔަން ޑޮލަރު ވިއްކި އިރު، ބީއެމްއެލް މެދުވެރިކޮށް ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން ފައިސާ ނެގޭނޭ އިންތިޒާމް ހަމަޖައްސައި، ގާތްގަނޑަކަށް 1.6 މިލިޔަން ޑޮލަރު އެމްއެމްއޭއިން ވިއްކާފައިވާ ކަމަށްވެސް މަރުކަޒީ ބޭންކުގެ އިޤްތިޞާދީ ރިވިއުގައި ވަނީ ބުނެފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.