ރަޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

thumb 98725 e0e8af1e 9

ރަޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ޔޫރީ މަޓެރީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ފަތްކޮޅު އެރުއްވުމަށްފަހު، ރަޝިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި ރަޢީސްވަނީ ސަފީރަށް ތަޙުނިޔާ ވިދާޅުވުމުގެ އިތުރުން އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާފައެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރަޝިޔާއަކީ ރާއްޖޭގެ ފަރާތުން ވަރަށް ބޮޑު އަހައްމިޔަތެެއް ދޭ ޤައުމެއްކަންވަނީ ފާހަގަކުރައްވާފައެވެ. އަދި ހަމަ އެހެންމެ، މިއަހަރަކީ ރާއްޖެއާއި ރަޝިޔާއާ ދެޤައުމުގެ ދޭތެރޭގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 51 އަހަރު ފުރޭ އަހަރުކަންވެސް ރައީސްވަނީ ފާހަގަކުރައްވާފައެވެ. އަދި، ރަޝިޔާ ސަފީރުގެ މަސައްކަތްކުރައްވާ ދައުރުގެ ތެރޭގައި، ރާއްޖެއާއި ރަޝިޔާގެ ރައްޔިތުންނަށް މަންފާކުރާނޭ ގޮތަށް، ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށްވެސް އުއްމީދުކުރައްވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވިއެވެ.

ރަޝިޔާ ސަފީރުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ރަޝިޔާ އާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ވަަަނީ ދެއްވާފައެވެ. އަދި މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.