އެސްޓީއޯ ހޯމްއިމްރޫވްމަންޓްއިން “އިޔަރ އެންޑް ސުޕަރ ސޭލް” ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި!
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން އަހަރު ނިންމުމަށް ހާއްސަކޮއްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “އިޔަރ އެންޑް ސުޕަރ ސޭލް” ޕްރޮމޯޝަން ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ 12 ނޮވެންބަރ 2017 އިން 11 ޖެނުއަރީ 2018 ގެ ނިއަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި އެސްޓީއޯ ރީޖަނަލް ފީހާރަތަކުގައެވެ.
މި ޕްރޮމޯޝަންގައި -/1000 ރުފިޔާއިން މަތީގެ ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. ގުރުއަތުން ދިމާވާ ފަރާތްތަކަށް ކޮންމެ ހަފްތާއަކު -/10،000 ރުފިޔާގެ އަގުހުރި އިނާމް ލިބިގެން ދާނެއެވެ. މިގޮތުން ލިބޭ އިނާމު ތަކުގެތެރޭގައި ހިޓާޗީ ފްރަންޓް ލޯޑް މެޝިން، ހިޓާޗީ އެއަރ ކޮންޑިޝަން، ފިލިޕްސް ޖޫސަރ އަދި މަކީޓާ ޓޫލްސް އެއަރ ފަދަ ވަރަށް އަގުހުރި އިނާމް ތަށް ކޮންމެ ހަފްތާއަކުވެސް ލިބިވަޑައިގަންނަވާނެއެވެ.
މި ޕްރޮމޯޝަންގައި %40 އާއި ހަމައަށް ޑިސްކައުންޓް ލިބޭއިރު އަދި ބައްލަވައި ގަންނަ ބައެއް ތަކެއްޗާއެއްކޮށް ވަގުތުން ލިބޭ ހިލޭ އިނާމްތަކެއްވެސް ލިބިވަޑައިގަންނަވާނެ އެވެ.
މީގެ އިތުރުން ކޮންމެ ހަފްތާއަކު ޕްރޮޑަކްޓް ޑެމޯ ސެޝަންތައްވެސް ހޯމްއިމްޕްރޫވްމަންޓްގައި ކުރިއަށްދާނެ ކަމަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން މަޢުލޫމާތު ދިނެވެ.