އީރާނުން އެމެރިކާއާއި އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދީފި

ޓްރަމްޕާއި ނަތަންޔާހޫގެ އިންޒާރުތަކާ ގުޅިގެން އެމެރިކާއާއި އިޒްރޭލުން ދީފާނެ އައު ހަމަލާތަކަކަށް އީރާނުން އިންޒާރު ދީފި އެވެ.

އިންތިޚާބުތަކަށްފަހު އަލުން ހަމަލާދޭން ފަށާނެކަމުގެ އިންޒާރުތަކާއެކު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އީރާނުގެ އެންމެ މަތީ ވެރިޔާ ހޮނިހިރު ދުވަހު އެމެރިކާއާއި އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަންނަ ހަފުތާގެ ކުރީކޮޅު އޮންނަ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު އަސްކަރީ އައު ފިޔަވަޅުތަކެއް އަޅުއްވަފާނެ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ.

ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހޮނިހިރު ދުވަހު ވިދާޅުވީ ޑިޕްލޮމެޓިކް ހައްލެއް އޮތްނަމަ އެކަމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ.

އާންމު އިންތިޚާބު ނިމިފައިވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނުގެ ސަރުކާރު ވައްޓާލުމަށް ”ތާރީޚީ އެއްފަހަރު ލިބޭނެ ފުރުސަތެއް“ އޮތް ކަމަށް ވިދާޅުވެފަ އެވެ.

ދެ ޤައުމުގައި ބޭއްވޭ އިންތިޚާބުތަކުން ކުރިމަތިލުންތައް ކުރިއަށްދާނެ ގޮތެއް ކަނޑައެޅޭނެ ކަމަށް ބެލެވެ އެވެ. އިޒްރޭލުގައި އަންގާރަ ދުވަހު ވޯޓުލުން ބޭއްވި ނަމަވެސް އަދި އައު ސަރުކާރެއް އެކުލަވައެއް ނުލެވެ އެވެ.

”ކޮންމެ ފެންވަރެއްގެ ނުވަތަ ކޮންމެ ބާވަތެއްގެ ނުރައްކަލަކަށްވެސް ވަގުތުން ވަރުގަދަ އަދި ހުރިހާ ސަރަހައްދަކަށް ފެތުރިގެންދާނެ ފަދަ ރައްދު ހަމަލާއެއް ދޭންވާނެ“ އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ އަސްކަރީ އިސް ކޮމާންޑަރުންނާ ބައްދަލުކުރައްވައި ވިދާޅުވި ކަމަށް ބަޔާނެއްގައިވެ އެވެ.

މީގެ އިތުރުން ”އެމެރިކާ-ޒަޔަނިސްޓް ދުޝްމަނުންގެ“ މިލްކިއްޔާތުގައިވާ ހުރިހާ ބާވަތެއްގެ މުދަލާއި ވަސީލަތްތައް ހިމެނޭހެން އީރާނުން ހަމަލާދޭނެ ތަންތަނުގެ ލިސްޓު އާކުރުމަށްވެސް ޚާމަނާއީ ކޮމާންޑަރުންނަށް އަމުރުކުރެއްވި އެވެ.

ހޯރްމޫޒް ކަނޑުއޮޅީގައިވާ ކަނޑުއަޑީގެ ކޭބަލްތައް ބުރިކޮށްލުމާ މެދު ވިސްނަވާނެ ކަމުގެ އިންޒާރު އީރާނުން މީގެ ކުރިންވެސް ވަނީދީފަ އެވެ.

މިއީ ޚާމަނާއީ އަސްކަރިއްޔާގެ އިސްވެރިންނާ ބައްދަލުކުރެއްވި ކަމަށް ރިޕޯޓުކުރެވުނު ފުރަތަމަ ފަހަރެވެ. އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކެއްގައި ބައްޕާފުޅު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން މާޗް މަހު އީރާނުގެ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއިން ފެނިފައެއް ނުވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.