ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑު އަަދަދަކަށް ބޮޑުވެއްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑު މިންވަރަކަށް ބޮޑުވެއްޖެ އެވެ.

މި ގޮތުން ނިއުޔޯކު ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާ އެއްގެ އަގު މިއަދުވަނީ 51 ޑޮލަރަށް އަރާފައެވެ. މިއީ ފާއިތުވީ 4 އަހަރު ދުވަހުގެ ތެރޭގައި ތެލުގެ އަގު މިހާ މައްޗަށްއެރި ފުރަތަމަ ފަހަރެވެ.

އިޝްތިހާރު Below Header ad

ތެލުގެ އަގު މިދިޔަ ތިން އަހަރުގެ ތެރޭގައި އެންމެ ދަށް ވެފައި ވަނީ 43 ޑޮލަރަށެވެ.

ތެލުގެ އަގު ބޮޑުވެފައި މިވަނީ ސައުދީ އަރަބިޔާ އިސްވެ އޮވެ ތެޔޮ އުފައްދާ މިންވަރު މަދުކޮށް ތެލުގެ އަގު ބާޒާރުގައި ބޮޑުކުރުމަށް މަސައްކަތް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ގަލްފު ކޯޕަރޭޝަން ކައުންސިލްގައި ހިމެނޭ ސައޫދީ އަރަބިޔާ، ގަތަރު، ބަޙްރައިން އަދި ކުވައިތުން ވެސް ވަނީ ތެލުގެ އަގު ބޮޑުކުރުމަށް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި އެކު ރާއްޖޭގެ ޢާއްމު ގޭގޭގެ ކަރަންޓު ބިލަށްވެސް މީގެ ސަބަބުން ބާރު ބޮޑުވާނެއެވެ. އެހެން ކަމުން ކުރިޔަށް އޮތްތަނުގައި ޢާއްމު ގެދޮރުގެ ކަރަންޓް ބިލުން މި ބަދަލު ފެނި ތެލުގެ ސާޗާޖު ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.