އޯޓިޒަމް ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން،އައި،އީ)  އިން އިންތިޒާމު ކޮށްގެން އޯޓިޒަމް ހުންނަ ކުދީންނަށް ކިޔަވައިދެއްވާ މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގާ ޓްރޭނިންގ ޕްރޮގުރާމް  2017 ސެޕްޓެމްބަރު 10 އިން 14 އަށް އެން،އައި،އީ ގެ ސެމިނަރ ރޫމުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

“ ޔުނިވަރސަލް ފައުންޑޭޝަން “ ގެ ދީލަތި އެހީތެރިކަމާއެކު ކުރިޔަށް ގެންދާ މިތަމްރީނު ޕްރޮގުރާމަކީ، ޚާއްޞަ އެހީތެރިކަން ބޭނުންވާ ކުދީން ޢުމުރުގެ ވީހާވެސް ޅަފަތުގައި ދެނެގަނެ އެފަދަ ކުދިންނަށް އުނގަންނައި ދެއްވާ މުދައްރިސުންނަށް ކޮންމެހެން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދާ ޕްރޮގުރާމެކެވެ. މިޕްރޮގުރާމުގައި ކިޔވައިދެއްވާނީ މިކަމަށް ޚާއްޞަކޮށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓެންޓެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިޕްރޮގުރާމުގެ އަމާޒަކީ، އޯޓިޒަމް ހުންނަކުދީންނަށް އުނގަންނައި ދިނުމުގައި ފަންނީ ޤާބިލުކަން އިތުރު ކުރުމާއެކު ކުލާސްރޫމް އިންޓަރވެންޝަންތައް ތަޢާރަފުކޮށް ތަރައްޤީ ކުރުމެވެ.

މުޅިރާއްޖެ ޝާމިލުވާގޮތަށް މާލެއާއި އަތޮޅު ތެރޭގެ ސްކޫލް މަދަރުސާ ތަކުން ހޮވާލެވޭ 30 މުދައްރިސުން މިތަމްރީނު ޕްރޮގުރާމް ފުރިހަމަ ކުރާނެއެވެ. މިޕްރޮގުރާމަށް ޓީޗަރުން ހޮވުމުގައި އިސްކަންދީފައިވާނީ މިހާރުވެސް އޯޓިޒަމް ހުންނަ  ކުދީންނަށް ކިޔަވައިދެއްވާ މުދައްރިސުންނަށް ޚާއްޞަކޮށްގެންނެވެ.

މި ޕްރޮގުރާމުގެ ސަބަބުން މިފަދަ ކުދީންނަށް އުންގަންނައި ދިނުމުގައި މުދައްރިސުންގެ ވިސްނުން ބަހައްޓަންވީ ގޮތާއި، އެ މުދައްރިސުން ކުލާސް ރުމުގައި އަދާކުރަންޖެހޭ ދައުރާއި، އުނގެނުމަށް ފަހި މާޙައުލެއް ދަރިވަރުންނަށް ފޯރުކޮށްދޭނެގޮތް މިވޯރކްޝޮޕުތެރެއިން އޮޅުންފިލުވައި ދެވޭނެއެވެ.

ހަމައެފަދައިން އޯޓިޒަމް ހުންނަ ކުދީންގެ ކިބައިގައި އުނގެނުމުގެ ޝައުޤު އުފައްދާ އެޝައުޤު ދަމަހައްޓާގެ ގޮތުގެ މަޢުލޫމާތު މި ވޯރކްޝޮޕުން ފޯރުކޮށް ދެވޭނެއެވެ. މިކަމުގެ ފުރިހަމަ ނަތިޖާ އަކަށް ވާނީ، އުނގަންނައިދިނުމުގައި ހުރިހާކުދީން ޝާމިލުވާ، ހަމަހަމަ ފުރުޞަތު ފޯރުކޮށްދިނުމުގެ ޤައުމީ ސިޔާސަތު  ތަންފީޒު ކުރުމަށް މަގުފަހި ވެގެން ދިއުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.