އޭ-ވެބްގެ 3 ވަނަ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

އެސޯސިއޭޝަން އޮފް ވޯރލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް) އިން އިންތިޒާމްކޮށްގެން 2017 އޮގަސްޓް 31 އިން 2017 ސެޕްޓެންބަރު 02 އަށް ރޯމޭނިއާގެ ބިއުކަރެސްޓްގައި ކުރިއަށްދިޔަ އޭ-ވެބްގެ 3 ވަނަ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެއްޖެއެވެ.

މިއެސެމްބްލީގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ މެންބަރު އިސްމާއިލް ޙަބީބު އަބްދުޢްރަހީމް އަދި ޑިރެކްޓަރ އަބްދުއްރަހްމާން ސަލާޙް ރަޝީދުއެވެ.

އިޝްތިހާރު Below Header ad

މިއެސެމްބްލީގެ ބައިވެރިން ވަނީ ވޯޓު ގުނުމާއި، ވޯޓިންގ ނިޒާމުތަށް، އަދި އިންތިޚާބުތަކުގައި ޓެކްނޮލޮޖީ ބޭނުންކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ހަމައެއާއެކު އެކި ގައުމުތަކުން އިންތިޚާބުތަކުގައި އަމަލުކުރާގޮތް ހިއްސާކޮށް ހިޔާލުބަދަލުކޮށްފައެވެ.

އޭ-ވެބްއަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަންތައް ތަމްސީލްކުރާ ޖަމިއްޔާއެކެވެ. އޭ-ވެބްގެ މިދައުރުގެ ޗެއަރ އަކީ ޕާރމަނަންޓް އިލެކްޓޯރަލް އޮތޯރިޓީ އޮފް ރޯމޭނިއާ (ޕީ.އީ.އޭ) އެވެ. އަދި މި ދައުރުގެ ސެކްރެޓަރީ ޖެނެރަލް އާއި އެގްޒެކެޓިވް ބޯޑުގެ މަގާމަށްވެސް އައު މެންބަރުން ވަނީ މި އެސެމްބްލީގައި އައްޔަންކުރެވިފައެވެ.

މިއެސެމްބްލީގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ މަންދޫބުންގެ އިތުރުން 64 ގައުމެށްގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.